ލައިފްސްޓައިލް

މި ފޮޓޯއިން ކުއްތާއެއް އެބަ ފެނޭތަ؟ އޭގެ ވެރި މީހާއަށްވެސް ހޯދަން 10 މިނެޓު ނެގި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އޮޅު ކޮށްގެން ޖަނަވާރު ގެންގުޅުމަކީ ގިނަ ބައެއްގެ މެދުގައި މަޤުބޫލު ކަމެކެވެ. އަދި މި ޖަނަވާރުތައް ކުރާ އެކި ކަހަލަ ކަންކަން މީސްމީޑިޔާގައި ގިނަ އަދަދަކަށް ދައުރުވަމުން ދެއެވެ.

Ads by Sosun Fihaara

އެގޮތުން ބުޅާ އަދި ކުއްތާ ފަދަ ޖަނަވާރުތައް ތަންތަނަށް ވަދެ ފިލައި އޮންނަ އިރު ފޮޓޯ ނެގުމަށްފަހު ކެޕްޝަންގައި " މި ފޮޓޯ އިން ކުއްތާ އެއް ފެނޭތަ ؟" މިފަދަ ގޮތް ގޮތައް ލިޔެ ހިއްސާ ކޮށްފައި ހުރެއެވެ. މިފަހަރު ވެސް ދައްކާލަން މި އުޅެނީ ހަމަ އެފަދަ އެވާހަކައެކެވެ.

މީގެ ދެތިން ދުވަސް ކުރިން މީސްމީޑިޔާގައި ވަރަށް ގިނަ ބައެއްގެ ސަމާލުކަން ހޯދި ފޮޓޯ އެކެވެ. މި ފޮޓޯއިން ފެންނަ ކޮޓަރި ތެރެއިން ކުއްތާ އެއް ފެނޭތޯ ސުވާލު ކޮށް މި ފޮޓޯ ހިއްސާ ކޮށްފައިވަނީ އެ ކުއްތާގެ ވެރި ފަރާތެވެ. ވެރިފަރާތުން ބުނާ ގޮތުގައި އޭނާއަށް ވެސް އެ ކުއްތާ ފެނުނީ ކޮޓަރި ތެރޭ އޮންނަތާ 10 މިނިޓް ފަހުންނެވެ. އަދި އެ 10 މިނިޓް ތެރޭގައި ކުއްތާ ފެނޭތޯ ވަރަށް މަސައްކަތް ކުރިކަމަށް ވެސް އޭނާ ބުންޏެވެ.

ފޮޓޯ އިން ކުއްތާ ފެނޭތޯ 20000 މީހުން މަސައްކަތް ކޮށްފައި ވެއެވެ. އަދި 300 އަށްވުރެ ގިނަ މީހުން ވަނީ މި ޕޯސްޓް އަށް ކޮމެންޓް ކޮށްފައެވެ.
މިހާރު ތިބާގެ ހިތުގައިވެސް މި ފޮޓޯގައިވާ ކުއްތާ ހޯދުމުގެ ޝައުޤުވެރިކަން އުފެދިއްޖެ ދޯ އެވެ. ގިނަ ބަޔަކަށް 10 މިނިޓުން ހޯދުނު ކުއްތާ އެއް ތިބާއަށް ހޯދޭނީ ކިތައް މިނިޓުންތޯ ބަލަމާ ހިނގާށެވެ.
އަދިވެސް ނުފެނޭ ހެއްޔެވެ؟ އެހެންކަމަށްވާނަމަ އަޅުގަނޑު ކިޔައިދީފާނަމެވެ.


ނުފެނިގެން ތި ހޯދާ ކުއްތާ މި އޮތީއެވެ.

Ads by Allied Insurance
  1. ބަކުރު

    ކޮން ކުއްތާ އެއް

  2. ކުއްތާ

    ކުއްތ ފެނިއްޖ 1 ސިކުންތުތެރ ދެން
    މަހޯދަނ ނޫޅެއްޗޭ

  3. ނާޑުވާ

    އެތާ އޮތީ ނުދޮވެ އޮތް އިސްޓާކީނެއް ކިހިނެތް އެއީ ކުއްތާއެއް ކަމަށް ތި ނިންމީ