ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ތ. އަތޮޅުން ދެ މީހަކު ހައްޔަރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

މަސްތުވާތަކެތީގެ މައްސަލައެއްގައި ތ. އަތޮޅުން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

Ads by Allied

ހައްޔަރުކޮށްފައި ވަނީ  ތ. ކިނބިދޫ / ޗަންޕާމާގެ، އަބްދުﷲ ރަޝީދު (41އ) އާއި ތ. ބުރުނި / ބީޗްވިލާ، މުހައްމަދު މުނީރު (30އ)އެވެ.

އޭގެ ތެރެއިން ރަޝީދު ހައްޔަރުކުރީ މިދިޔަ ހޯމަ ދުވަހު ކިނބިދޫ މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ކަރުދާސްކޮޅެއް ފެނިގެން ކަމަށް ފުލުހުން ބުންޏެވެ.

އަދި މުނީރު ހައްޔަރުކުރީ އޭނާއާ މެދު ޝައްކުކުރެވިގެން މިދިޔަ ހޯމަ ދުވަހު އޭނާ ބުރުނީ ބަނދަރުމަތީ  ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަ ސެލޯފިންކޮޅު ފެނިގެންކަމަށް ވެސް ފުލުހުން ބުންޏެވެ.

ެެއެ މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ރަޝީދު 10ދުވަހަށް އަދި މުނީރު ހަތް ދުވަހަށް ބަންދުކުރުމަށް  އަމުރުކޮށްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ދެ މައްސަލަވެސް ތަހުގީގުކުރަމުންދާ ކަމަށެވެ.