ޚަބަރު

މާދަމާ ވޯޓުލާއިރު ކޮންމެ މީހަކަށް ތިން ވޯޓު ކަރުދާސް، ތިން ފޮއްޓަށް ލާން ޖެހޭނެ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓު ލުން ކުރިޔަށްދަނީ... ދެން އިމޭޖްސް

މާދަމާ ބާއްވާ އިންތިހާބުގައި ކޮންމެ މީހަކަށް ތިން ވޯޓު ކަރުދާސް ލިބޭނެ ކަމަށާއި އަދި ތިން ފޮއްޓަށް ލާން ޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންއިން މިއަދު ބުނެފިއެވެ.

Ads by Allied

މާދަމާގެ އިންތިހާބުގައި ކުރިއަށްދާނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރުން ރިޔާސީ އަދި މަޖިލިސް އިންތިހާބު އެއް ދުވަހު ބާއްވަން ފެނޭތޯ ބަލަން ނަގާ ފެންނަ ނުފެންނަ ވޯޓެވެ.

އިލެކްޝަންސް ކޮމިޝަންއިން ބުނީ އެ ތިން ވޯޓުވެސް ލާން ޖެހެނީ ވަކިވަކިން ކަމަށާއި އަދި ވަކި ފޮށިތަކަކަށް ކަމަށެވެ.

އިންތިހާބުގެ ވޯޓުލުން ފަށާނީ މާދަމާ ހެނދުނު އަށެއް ޖަހާއިރު އެވެ. އަދި ވޯޓުލުން ހަވީރު ހަތަރަކާ ހަމައަށް ކުރިއަށްދާނެ އެވެ.

އިންތިހާބާ ދިމާކޮށް ސިޔާސީ ޕާޓީތަކުން މުޅި ރާއްޖޭގައި ކުރަމުންދިޔަ ފޯރިގަދަ ކެމްޕޭން، ގާނޫނީ ސުންގަޑި ކަމަށްވާ މިއަދު އިރުއޮއްސި ހައެއް ޖެހުމާ އެކު ރަސްމީކޮށް ވަނީ ނިންމާލައިފައެވެ.

މުޅި ރާއްޖޭގައި ވެސް ނުހަނު ވާދަވެރިކަމާ އެކު ކުރިއަށްދިޔަ މި އިންތިހާބީ ކެމްޕޭންގެ ފަހު ހަރަކާތްތަކުގައި ދެ ޕާޓީއަށް ސަޕޯޓުކުރާ އެތައް ހާސް އާންމު ރައްޔިތުންނެއް ވަނީ މަގުތަކަށް ނުކުމެ، އެމީހުން ތާއިދުކުރާ ކެންޑިޑޭޓުންނަށް އޮތް ތަރުހީބު ހާމަކޮށްފައެވެ.

Ads by Allied Insurance