މަޖިލީހުގެ ޖަލްސާތައް އަންނަ ހޯމަ ދުވަހު ފަށަނީ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަންނަ ހޯމަ ދުވަހު ފަށަން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދު ކެނޑިފައި އޮންނަތާ ދުވަސްތަކެއް ވަނީ ވެފައެވެ. އެގޮތުން އެންމެ ފަހުން ޖަލްސާއެއް ބޭއްވީ މިދިޔަ މަހުގެ އަށް ވަނަ ދުވަހުއެވެ. އެ ޖަލްސާ ބޭއްވީ ވެސް މަޖިލީހުގެ ޖަލްސާތައް ނުބާއްވާތާ ގިނަ ދުވަސްތަކެއް ވުމަށްފަހުއެވެ.
ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އޮފިޝަލަކު "ދެން"އަށް ވިދާޅުވީ އަންނަ ހޯމަ ދުވަހު އަލުން ޖަލްސާތައް ފަށާނެ ކަމަށެވެ.
ޖަލްސާތައް މިހާ ގިނަ ދުވަހު މެދު ކެނޑިފައި އޮތީ ކީއްވެގެންކަމެއް އޮފިޝަލު ވިދާޅެއް ނުވެއެވެ.
މަޖިލީހުގެ ޖަލްސާތައް އާންމުކޮށް ބާއްވަނީ ކޮންމެ ހޯމައަކުން ބުދަ ދުވަހަށެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން ދައުރުން ބޭރުން ވެސް ޖަލްސާތައް ބާއްވައެވެ.