ވިޔަފާރި

މޯލްޑިވިއަން އިން ޑާކާ އެއްކޮޅު ޓިކެޓް 6676 ރުފިޔާއަށް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަން އިން ހަފްތާއަކު ތިން ދުވަހު ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަށް ސީދާ ދަތުރުތައް ކުރުމަށް ނިންމައިފިއެވެ. މި ދަތުރުތަކުގެ އަގަކީ ޑާކާ އެއްކޮޅު ޓިކެޓަށް 433 ޑޮލަރު (6،676 ރުފިޔާ) އެވެ.

މިކަން ހާމަކޮށްފައިވަނީ މޯލްޑިވިއަން އިން މިއަދު ކުރި ޓްވީޓެއްގައެވެ. މިޓްވީޓްގައި މޯލްޑިވިއަނުން ބުނެފައިވަނީ، މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކޮންމެ ހަފްތާއަކު ޑާކާ އަށް ރާއްޖެއިން ސީދާ ދަތުރެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، މި ދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ހުކުރު ދުވަހެއްގައި ކަމަށެވެ.

މޯލްޑިވިއަން އިން މި ސެޕްޓެމްބަރު މަހުގެ ތެރެއިން ވަނީ ޑާކާ އަށް ސީދާ ދަތުރުތައް ކުރަން ފަށައިފައެވެ. މީގެ ކުރިން ޑާކާ އަށް މޯލްޑިވިއަން އިން ދަތުރުކުރަމުން ދިޔައީ ކޮންމެ އަންގާރަ އަދި ހުކުރު ދުވަހެއްގައެވެ.

މޯލްޑިވިއަން އިން ބުނެފައިވަނީ، މޯލްޑިވިއަން އިން ޑާކާއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުތަކުގައި ފުރުމުގެ ކުރިން ހަދާފައިވާ ކޮވިޑް-19 އަށް ނައްސި ނަތީޖާއެއް އޮންނަން ޖެހޭ ކަމަށެވެ.

  1. ކސނދކ

    ސިންގަޕޫރ އެއަރލައިން އިން ލިބޭ 4000 ރުފިޔާއަށް، ޗަންގީ އެއަރޕޯޓުގަ ޓްރާންސިޓް ކުރާ ގޮތަށް. ވަރަށް ހިތް ގައިމު