އިންތިޚާބުގެ ނަތީޖާ އިއުލާންކޮށް ނުނިމެނީސް، ޕާޓީ ތެރެއިން ހުދު މުންޑާއި ގަމީސްލީ ވަރުގަދަ އަތޮޅުވެރިންތަކެއް ނިކުމެއްޖެ: ރީކޯ
ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާ އިއުލާންކޮށް ނުނިމެނީސް، ޕާޓީ ތެރެއިން ހުދު މުންޑާއި ލިބާހާއި ގަމީސްލީ ވަރުގަދަ އަތޮޅުވެރިންތަކެއް ނިކުމެއްޖެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ހިންގުމަށް ގެނައި ބަދަލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، މީސްމީޑިއާ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެގައި ރީކޯ ވިދާޅުވީ، އިހުގައި އޮތް އަތޮޅުވެރިންގެ އަރިހުގައި ރައްޔިތުމީހާ ނިކަމެތިވެގެން ހުންނަން ޖެހުނު ސަގާފަތް އަދިވެސް ރާއްޖޭގައި އެބައޮތް ކަމަށެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޕާޓީގެ ގިނަ ބަޔަކު ކުރިއަށް ނިކުމެ، ހަގީގީ މަސައްކަތް ކުރި އެންމެން ފަހަތަށް ޖައްސައި، އިންތިޚާބު ނުކުރާ ހައެއްކަ މީހުން ނިކުމެ ޕާޓީ ހިސޯރުކޮށްފި ކަމަށް ރީކޯ ވިދާޅުވިއެވެ.
"މިކަމާ ހިތާނުވެ އެއްޗެއް ބުނީތީ، މަ ފަކީރު ކޮށާ ކާޅަށް މަސްކޮޅު ކާންދީފި." އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ ވިދާޅުވިއެވެ.
މީގެ އިތުރުން އެމްޑީޕީގެ އާންމު މެންބަރުން މަގު މައްޗަށް ނިކުމެ މުޒާހަރާ ކުރަނީ ކަމަށާއި ޕާޓީ ހިންގުމާ ހަވާލުވި ރިޔާސީ ކެންޑިޑޭޓުންގެ ކޮމިޓީގެ ބޭފުޅުން ކޮބައިތޯ ރީކޯ ވަނީ ސުވާލު ކުރައްވާފައެވެ. އަދި މިފަދަ ކޮންމެ ކަމެއްގައި ގޭނި ހުސްވަންވީ އާންމު މެންބަރުންތޯއާއި ހަމައެކަނި ކޯޓު ފަޓްލޫންގައި ވެރިކަން ކުރަން ބޮޑުންގެ ކޮމިޓީ ތިބެނީތޯ ވެސް މޫސަ ވަނީ ސުވާލު ކުރައްވާފައެވެ.
ހަމައެހެންމެ އެ މަނިކުފާނު އެމްޑީޕީގެ އިސްސަފުގައި ހުންނެވި ދުވަސްވަރު ޕާޓީގެ ކޮންމެ ހަރަކާތެއްގައި އިސްކޮށް ހުންނަވާކަން މޫސަ ވަނީ ފާހަގަ ކުރައްވާފައެވެ.

ޚޮނއކަމެއްގަ މީނައުޅުނޫ އަހަރުމެންނަށްފެނުނު ފިލަންގިސް ފިހާރަޔެއްގެ ތެރެއިން މީނަގެ ލަފުގަހިފާނެރުނުތަން އަގައެއްއޮތިއްޔާ ލަދެއްނުގަންނާނެ ވާހަކަހަދަހަދައިގެން ދައްކާކަށްކޯޓްފަޓުލޫނުގަ އެންމެފުރަތަމައިނއ ނިކުންނަންޖެހޭނީ ކިބޫސޯލިހު އޭގެ ފަހުންރައީސް އޮފީސް އަޅަންގެނާ ސާމަނު ނެގި ަބުދުއްﷲ ޝާހިދު މީހިތުން އެހުރިހާ އެއްޗެއްއެގަވަނީ އަންނިއާދިމާލައް އަންނިލީހޮޑުކޮޅެއް ސާފުކުރަންވެސް ކަލޭ ކަމަކުނުދާނެކަލޭ ލާހޮޑުދޮންނާނީ ނިޝާ