ސިޔާސީ

އިދިކޮޅު އެމްޑީޕީގެ އެތެރޭގެ މައްސަލަތައް ހައްލުކޮށް، އިބްރޭ އާއި މައުރޫފަށް އަލުން މަގާމު ދީފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދާއި ލީގަލް ޑިރެކްޓަރު އަޙްމަދު މައުރޫފްގެ މަގާމުތައް އަލުން އިއާދަކޮށްފިއެވެ.

Ads by Allied

މި މުހިންމު ނިންމުންތައް ނިންމާފައި ވަނީ ރޭގެ ވަގުތެއްގައި ބޭއްވުނު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ސިއްރު ބައްދަލުވުމެއްގައެވެ. މަގާމުން ވަކިކޮށްފައި ތިބި ދެ ބޭފުޅުންނަށް އަލުން ފުރުސަތު ދިނުމަށް ނިންމިކަން، ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލް ޣަފޫރު (ގަޕޯ) ވަނީ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕެއްގައި ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ އެ ދެ ބޭފުޅުން ވަކިކުރަން ފޮނުވި ލިޔުންތައް މިހާރު ބާތިލުކޮށްފައިވާ ކަމަށެވެ.

އެމްޑީޕީގެ އެތެރޭގައި މި މައްސަލަތައް އުފެދެން މެދުވެރިވީ، އެ ޕާޓީގެ އިންތިޚާބީ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ހަފްލާއެއްގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތު ނުދިނުމާ ގުޅިގެންނެވެ. އޭގެ ފަހުން ޕާޓީގެ އަސާސީ ގަވާއިދުގެ 70 ވަނަ މާއްދާގެ ދަށުން ކަމަށް ބުނެ އިބްރާހިމް ވަހީދު މަގާމުން ދުރުކުރިއެވެ. ނަމަވެސް އެ ނިންމުމަކީ ގަވާއިދާ ޚިލާފު ނިންމުމެއްކަމަށް އޭނާ އޭރު ވިދާޅުވިއެވެ.

Ads by Allied Insurance
  1. ޢަހު

    އުނބަށް ޖަހަނީ ރައީސް މުޢިއްޒު އެކަނި ނޫންތާ