ޚަބަރު

އެމްޑީޕީއިން އިސްވެ، ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގައި ފުލުހަކަށް އަނިޔާވެއްޖެ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން އިސްވެ، މާލޭގެ މަގުތަކުގައި ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގައި ފުލުހަކަށް އަނިޔާވެއްޖެއެވެ.

Ads by Allied

ފުލުހުންގެ ޚިދުމަތުން ބުނީ، 2026 މެއި 13ވަނަ ދުވަހުގެރޭ މާލޭގައި ކުރިއަށްދިޔަ އެއްވުމެއްގެ ތެރެއިން، އެއްވުމުގެ ބައިވެރިން ފުލުހުންނާ ކުރިމަތިލައި ހިނގި ހަމަނުޖެހުމެއްގައި ފުލުހެއްގެ ލޮމަތި ފަޅައިގެންގޮސް އަނިޔާވެފައިވާ ކަމަށެވެ. އަދި އަނިޔާވި ފުލުސް މީހާއަށް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

Ads by Allied Insurance