ޚަބަރު

ރާއްޖޭގެ ހުރިހާ ރަށެއްގައި ގޮއްޔެ، އެންމެ ޓްރެންޑިން ލަވައިގެ މަޤާމު ހޯދައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮންމެ ބޮޑު އީދަކާ ދިމާކޮށް ދިވެހިން އެންމެ އިންތިޒާރުކުރާ އެއް ކަމަކީ އީދުގެ ފޯރިގަދަ ލަވަތަކެވެ. އެގޮތުން މިފަހަރު މުޅި މީޑިއާއާއި ސޯޝަލް މީޑިއާ އެއްއަޑަކުން ގަދަކޮށްލާފައިވަނީ "ހޭވައްލަ ބޮޑުބެރު ގްރޫޕް" އާއި "ކްރިއޭޓިވް ނެޓްވޯކް" ގުޅިގެން ނެރުނު އާ އީދު ލަވަ "އީދު ގޮއްޔެ" އިންނެވެ. މި ލަވަ ރިލީޒްވުމާއެކު މުޅި ރާއްޖޭގެ ސަމާލުކަން ހޯދައި، ކޮންމެ ތާކަށް ދިޔަސް އިވެނީ މި ލަވައިގެ އަޑެވެ.

Ads by Allied

މިހާރު މިއީ މުޅި މުޖުތަމައުގެ "ޓޯކް އޮފް ދަ ޓައުން" އަށް ވެފައިވާއިރު، ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ މަގުބޫލު "ހޭޔަންބޯ" ޗާޓުގެ އެއްވަނަ ވެސް މިވަނީ "އީދު ގޮއްޔެ" ހޯދާފައެވެ. މީގެ އިތުރުން، ޓިކްޓޮކްގެ ކޮންމެ ދިމާލަކުން ވެސް މިހާރު ފެންނަނީ މި ލަވައިގެ ޓްރެންޑިންގް ވީޑިއޯތަކެވެ.

ދިވެހިވަންތަ، އަސަރުގަދަ އަދި ސަކަރާތްޖެހުމުގެ ރޫހެއް ގެނެސްދޭ މި ލަވައަކީ ހަމައެކަނި ވަރުގަދަ ޑިއޯއެއް ނޫނެވެ.

ލަވައިގެ މައިގަނޑު ކާސްޓުންގެ ގޮތުގައި ފެނިގެންދަނީ ދިވެހިންގެ މަގުބޫލުކަން ހޯދާފައިވާ ހުނަރުވެރި ތަރިން ކަމަށްވާ ވާޝިޔާ މުހައްމަދު (ޝިޔާ)، އަހުމަދު ވަލީދު (ފިއްޓެ)، މުހައްމަދު އިޝްފާންގެ އިތުރުން މޫސާ ފާހިރު (ތުއްތޮންބެ) އެވެ.

މީގެ އިތުރުން، މި ލަވައަށް ލިބުނު އެންމެ ބޮޑު ސަޕްރައިޒަކީ ރާއްޖޭގެ އެންމެ މަގުބޫލު ދެ މޫނު ކަމަށްވާ ޗުވީޓް އާޝާ އަދި ޗެރީ ހުނޫ ގެ ހާއްސަ ފެނިލުންތަކެވެ.

ލަވައިގެ ވިޝުއަލްސްތަކަށް ބަލާއިރު، ޑައިރެކްޓަރ އޮފް ފޮޓޯގްރަފީ ސަމާހު އިބްރާހިމް އާއި ކެމެރާ އެސިސްޓް އިސްމާއިލް އިބާން (ބައިން) ގެ މަސައްކަތުން ވަނީ ސްކްރީނަށް ކުލަގަދަ، ޕްރީމިއަމް އަދި ސިނެމެޓިކް ފެންވަރުގެ މަންޒަރުތަކެއް ގެނެސްދީފައެވެ.

"އީދު ގޮއްޔެ" ގެ ފުރިހަމަ ޓީމު:

  • ޅެންވެރިކަން: ރިބާހު ހުސައިން (ލިޔާންސޯރާ)

  • ރާގާއި ވޯކަލްސް: އަލީ ޔާމީން (ޔާމްބެ)، އިޔާދު އިޝާގް (ލައްޑޫ) އަދި ކޮމްޕޯސަރ ހުސައިން Σަމްހާން (ޝައްމު)

  • މިއުޒިކް މިކްސިންގް އެންޑް މާސްޓަރިންގް: ހޭވައްލަ ސްޓޫޑިއޯ

  • ކޮރިއޮގްރަފީ: އަޒްހާން އިބްރާހިމް

  • ހެދުން ފަރުމާކުރުން: ޖާދުﷲ އިސްމާއިލް އަދި އަޒްހާން އިބްރާހިމް

  • މޭކަޕް: ރިޒްނާ އަހުމަދު (ރިޒްދައިތަ)

ސަގާފީ ބޮޑުބެރުގެ ހަކަތައާއި، ޒަމާނީ މިއުޒިކްގެ ފުރިހަމަ ގުޅުން ފެނިގެންދާ "އީދު ގޮއްޔެ" އަކީ މިހާރުވެސް ޔޫޓިއުބް، ޓިކްޓޮކް އަދި އެކި ޕްލެޓްފޯމްތަކުގައި ވިއުސްގެ ރެކޯޑްތައް މުގުރަމުންދާ އެންމެ ބޮޑު ހިޓެކެވެ. މިއީ މިފަހަރުގެ ބޮޑު އީދު ފާހަގަކުރުމުގައި ކޮންމެހެންވެސް ޕްލޭލިސްޓަށްލާން ޖެހޭނެ، މުޅި ރާއްޖެ ގުގުމާލި ފޯރިގަދަ ލަވައެކެވެ.

Ads by Allied Insurance