ދުނިޔެ

އިންސާނާގެ ހަށިގަނޑުގައި 9 ގަޑިއިރު ވަންދެން ކޮރޯނާވައިރަސް ހުރޭ:ދިރާސާ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މުޅި ދުނިޔެއަށް މިއަދު ހަލުވިކަމާއެކު ފެތުރެމުންދާ ވައިރަސް އަކީ ކޮރޯނާ ވައިރަސްއެވެ. އެތައް ގައުމެއް މި ވައިރަސްގެ ސަބަބުން މިއަދު މިވަނީ ހުރިހާ ގޮތަކުން ދަށަށް ގޮސްފައެވެ. މި ބަލިން ރައްކާތެރިވުމަށް ވީހާވެސް ގިނައިން އަތްދޮވެ ބޭރުތެރޭގައި އުޅޭއިރުވެސް އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމާއި މާސްކު އެޅުމަށް ސިއްހީ މާހިރުން ދަނީ ކެނޑިނޭޅި އިލްތިމާސް ކުރަމުންނެވެ.

Ads by WAMCO

ކޮރޯނާ ވައިރަސް އިންސާނާގެ ހަށިގަނޑުގައި 9 ގަޑިއިރު ވަންދެން ހުންނަ ކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފިއެވެ. ޖަޕާނުގެ ސައިންސްވެރިންތަކެއް ކުރި މި ދިރާސާއިން ދައްކާ ގޮތުގައި، ކޮރޯނާ ވައިރަސް އިންސާނާގެ ހަށިގަނޑުގައި ގާތްގަނޑަކަށް 9 ގަޑިއިރު ވަންދެން ހުރެއެވެ. މިއީ ހަގީގަތުގައި ވަރަށް ގިނަ ވަގުތެވެ. ސަބަބަކީ ގިނަ ވައިރަސްތައް އިންސާނާގެ ހަށިގަނޑުގައި ދެމި ހުންނަނީ ގާތްގަނޑަކަށް 2 ގަޑިއިރު ކަމަށް ވާތީއެވެ.

ކޮރޯނާ ވައިރަސް 9 ގަޑިއިރު ވަންދެން އިންސާނާގެ ހަށިގަނޑުގައި ހަރުލާ ހުންނަ ނަމަ މިކަމުގެ ސަބަބުން މި ބަލި ފެތުރޭލެއް އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމުގައިވެސް މި ދިރާސާ ރިޕޯޓްގައި ހާމަ ކޮށްފައިވެއެވެ. އަދި މިކަމުން ރައްކާތެރިވެ ތިބުމަށްޓަކައި އަބަދުވެސް ރީއްޗަށް އަތްދޮވެގެން ތިބުމަކީ މުހިއްމު ކަމެއް ކަމުގައިވެސް މި ރިޕޯޓްގައި ބުނެފައި ވެއެވެ.

ހަމައެހެންމެ މި ދިރާސާގައި ބުނެފައިވަނީ އަވަސް މުސްތަގުބަލެއްގައި އަތްދޮވުމާއި އަދި އަތް ސެނެޓައިޒް ކުރުން ހުއްޓާލެވެން ނެތް ކަމަށެވެ. އަދި ކޮރޯނާ ވައިރަސްއާއެކު ގިނަ ދުވަސްތަކަކަށް އުޅެން ޖެހިދާނެ ކަަމަށްވެސް ބުނެފައި ވެއެވެ.

އިންސާނާގެ ހަށިގަނޑުން ވައިރަސް ނައްތާލަން ސެނެޓައިޒާ ބޭނުން ކުރުމުން ނަގަނީ ގާތްގަނޑަކަށް 15 ސިކުންތު ކަމަށާއި އިންސާނާގެ ހަށިގަނޑުން ނައްތާލުމަށްވުރެ ހިފާގެންގުޅޭ ތަކެތިން ވައިރަސް ނައްތާލަން މާ އުނދަގޫ ކަމަށް މި ދިރާސާގައި ބުނެފައި ވެއެވެ.

Ads by Ooredoo
  1. ފަތުހީ

    މި ނޫހުގައި ވަރަށްމުހިންމު ކިޔާހިތްވާ މައުލޫމާތު ހުރޭ އެހެންނަމަވެސް އަކުރުތަކާފިލިތަށް އެކުވެފަހުންނާތީ ކިޔަން ވަރަށްއުނދަގޫ ރަނގަޅުކުރާނެ ދުވަހަކަށް އުންމީދު ކުރަން