ދުނިޔެ

އިސްރާއިލް ބައެއް ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ ތުއްތު ކުއްޖަކު ޒަހަމް ވެއްޖެ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އިސްރާއިލްގެ މީހުންގެ ހަމަލާތަކުން ފަލަސްތީނުގެ އެއް އަހަރުގެ ކުއްޖަކު ޒަހަމްވެއްޖެއެވެ.

Ads by Sosun Fihaara

މި ހާދިސާ ހިނގާފައި ވަނީ ރޭގެ ވަގުތެއްގައެވެ، މަންޒަރު ދުށް މީހުންނާއި ހަވާލާދީ ބޭރުގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގަައި މިކުއްޖާ ޒަހަމްވެފައި ވަނީ އިސްރާއިލްގެ މީހުން އެ ކުއްޖާ އިން ކާރަށް ގައު އުކުމުގެ ސަބަބުން ކަމަށެވެ.

މަންޒަރު ދުށް މީހުން ބުނި ގޮތުގައި އެކާރު ދުއްވަމުން ދިޔައީ ފަލަސްތީނުގެ ބައިތުލްހަމް އާއި ހިބްރޫން އާއި ދެމެދު އޮންނަ ހަލިމަގަކުން ކަމަށެވެ.

މުހައްމަދު އިޔާދު ބަނަތު ނަމަކަށް ކިޔާ މިކުއްޖާއަށް އަނިޔާ ލިބިފައިވަނީ ލޮލަށެވެ. އެގޮތުން އިދާދުގެ ލޯ ޒަހަމްވީ އިޒްރާއިލްގެ މީހުން އެ ކާރަށް ގައު އުކުމުގެ ސަބަބުން ކާރުގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސްގެން ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ.

އިޒްރާއިލްގެ މީހުންނަކީ ފަލަސްތީނުގެ ރަށްވެހިންނަށް އަބަދުވެސް މިފަދަ އަނިޔާތައް ކުރާ ބައެކެވެ. އެގޮތުން ކޮންމެ ދުވަހަކުމެ ފަލަސްތީނުގެ ރައްޔިތުންނަށް އުނދަގޫކޮށް އަނިޔާކުރުމުގެ ގޮތުން އިސްރާއިލްގެ މީހުން އަދި ސިފައިން އެތައް ދުއްތުރާލެއް އެމީހުންނަށް ކުރެއެވެ. އޭގެ ތެރޭގައި މަގުތައް ބަންދުކުރުމާއި، ގޭގެއަށް ގައު އުކުމާއި އަދި އެމީހުންގެ ދަނޑުތަކާއި ބިންތައް ހަލާކު ކުރުން ހިމެނެއެވެ. އަދި ހަމައެހެންމެ ފަލަސްތީނުގެ ރަަށްވެހިންނަށް އަނިޔާ ކުރުމަކީ ވެސް އާންމު ކަމެކެވެ.

މީގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންގެ ދިރިއުޅުމަށް ވަރަށް ގިނަ ގުނަ ނޭދެވޭ އަސަަރުތަކެއް ކުރެއެވެ. އެގޮތުން އެމީހުންގެ ބިންތައް ހަލާކު ވުމާއި އެމީހުންގެ ގެދޮރު ހަލާކުވުމާއި ދިރިއުޅުމަށް އެތައް ގޮތަކުން އުނދަގޫތަކެއް ވެގެން ދެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!