ޚަބަރު

ހައްޔަރުކޮށްފައި ހުރި މީހަކު ފިލުމަށް އެހީތެރިވި މީހަކު ހައްޔަރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ކްރިމިނަލް ކޯޓާއި ޑުރަގު ކޯޓު ހިންގާ އިމާރާތް--

ހައްޔަރުކޮށްފައި ހުރި މީހަކު ފިލުމަށް އެހީތެރިވި މީހަކު ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ހަވީރު ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ނ. ވެލިދޫ/ އިހާޒް، މުހައްމަދު އަނޫފް(25އ)އެވެ.

އެ މައްސަލައިގައި ބަންދަށް ލުއި ދޭން އަނޫފް އެދުނު ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15ދުވަސް ޖަހައިފައެވެ.

ބަންދު އަމުުރުގައިވާ ގޮތުން އަނޫފްއާ އެހެން މީހަކު ގުޅިގެން ފިލުވަން އެހީތެރިވީ ފެމެލީ އެންޑް ޖެންޑާ އެފެއާޒް ޑިޕާޓްމަންޓުން ތަހުގީގުކުރަމުންދާ މައްސަލައަކާގުޅިގެން ހައްޔަރުކޮށްފައި ހުރި މީހެކެވެ.

އެ މައްސަލައިގެ އިތުރު ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!