ދުނިޔެ

ކޮވިޑް-19 އަކީ އަސްލެއް ނޫން ކަމަށް ބުނެ ހަފްލާއެެއް ބޭއްވި މީހެއްގެ އާއިލާ މެންބަރުންތަކެއް މަރުވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19 އަކީ އަސްލެއް ނޫން ކަމަށް ބުނެ، އާއިލީ ބޮޑު ހަފްލާއެއް ބޭއްވި ޓެކްސަސް މީހެއްގެ އާއިލާ ބަޔަކު މިބަލީގައި މަރުވެއްޖެއެވެ.

Ads by Sosun Fihaara

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ޓޮނީ ގްރީން ނަމަކަށް ކިޔާ އުމުރުން 43 އަހަރުގެ މީހަކު ވަނީ ހަ މީހަކަށް އޭނަގެ ގޭގައި ކެއުމެއް ތައްޔާރުކޮށް، ދައުވަތު ދީފައެވެ. އޭގެ ތެރޭގައި އޭނަގެ މައިންބަފައިންނާއި، އޭނަގެ ގާތްމީހެއްގެ މައިންބަފައިންނާއި މާމައާއި ކާފަ ވެސް ހިމެނުނެވެ.

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ކޮވިޑް-19 އަކީ ހަގީގަތުގައި ވެސް ފެތުރެމުންދާ ބައްޔެއް ކަމަކަށް ޓޮނީ ނުދެކެއެވެ. އޭނާ ނިންމައިގެން ހުރީ މިއީ ބަޔަކު މީހުން އުފައްދައިގެން އުޅޭ ދޮގު ޚަބަރެއް ކަމަށެވެ. އެހެންކަމުން އެހަފްލާގައި ޓޮނީ ވެސް އަދި ބައިވެރިވި އެހެން މީހުން ވެސް، ރައްކާތެރިކަމުގެ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ނަމަވެސް އެހަފްލާއަށްފަހު ކޮވިޑްގެ އަލާމާތްތައް ޓޮނީ ގައިން ފެނި އޭނާ ވަރަށް ބޮޑަށް ބަލިވިއެވެ. ޑޮކްޓަރަށް ދެއްކުމުން އޭނަ ހުރީ ސްޓްރޯކެއް ޖެހުމާއި ވަަރަށް ގާތުގައި ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން ޓޮނީ ހުރީ ކޮވިޑް-19 އަށް ފައްސި ވެފައެވެ.

ހޮސްޕިޓަލުގައި ޓޮނީ އަށް ފަރުވާ ދެމުން ދަނިކޮށް އޭނަގެ ގާތް މީހާގެ ބައްޕައާއި ކާފަ ވަނީ މިބަލީގައި މަރުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!