ރޭގެ އެކްސިޑެންޓުގައި އަނިޔާވި އަންހެންމީހާ އަށް ފަރުވާ ދެނީ އައިސީޔޫގައި

ބޮޑުތަކުރުފާނު މަގު، އާޓިފިޝަލް ބީޗް ސަރަހައްދުގައި ހިނގި އެކްސިޑެންޓުގައި ހާލު ސީރިއަސްވި އަންހެން މީހާ އަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް އާއި ހަވާލާދީ އޮންލައިން ނޫހެއް ކަމަށްވާ "ސަން" ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މި އަންހެން މީހާ މިހާރު އޮތީ އައިސީޔޫގައި އޮކްސިޖަން ގުޅާފައެވެ.
މި އެކްސިޑެންޓް ހިނގާފައި ވަނީ އެ ސަރަހައްދުން ދުއްވާފައި ދިޔަ ސައިކަލެއްގައި ފަހަތުން އައި ވޭނެއް ޖެހިގެން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި އެކްސިޑެންޓުގައި ސައިކަލުގައި ތިބި ދެ އަންހެނުނަށް ވެސް ވަނީ އަނިޔާވެފައެވެ.
ފުލުހުން އަންނަނީ މި އެކްސިޑެންޓުގެ މައްސަލަ ތަހުގީގު ކުރަމުންނެވެ.