މެންބަރު ހައިތަމް ކައިވެނި ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް މިއަދު ކައިވެނި ކުރައްވައިފިއެވެ.
އެމްޕީ ހައިތަމް ކައިވެނި ކުރައްވާފައި ވަނީ ޝަޖާން މުއާޒް ނަމަކަށް ކިޔާ މީހަކާކަން އެނގިފައިވެއެވެ.
ކައިވެނި ކުރައްވަން ޝަޖާން ރަން ކިޔާފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގައެވެ.
ހައިތަމް އާއި ޝަޖާން ވެސް ވަނީ މީގެ ކުރިން ވެސް ކައިވެންޏެއް ކުރައްވާފައެވެ. އެނގިފައިވާ ގޮތުގައި ޝަޖާން ކުރިން ކުރި ކައިވެންޏަށް ދަރިއަކު ވެސް ހުރެއެވެ.
ހައިތަމް އަކީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އަށް ނިސްބަތްވާ މެންބަރެކެވެ. ހައިތަމް ކައިވެނި ކުރެއްވީ ކޮންތަނަކު ކަމެއް އެނގިފައެއް ނުވެއެވެ.
މަޖިލިސް މެންބަރު ހައިތަމް ކައިވެނި ކުރައްވާފައިވާއިރު، ދާދި ފަހުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވަނީ ކައިވެންޏެއް ކުރައްވާފައެވެ.
ޤާސިމް ކައިވެނި ކުރެއްވީ ރާނިޔާ ނަމަކަށް ކިޔާ އުމުރުން 23 އަހަރުގެ މާމިގިލީ މީހަކާއެވެ. ރާނިޔާ އަކީ މިހާރު ގާސިމްގެ ހަތަރުވަނަ އަނބިކަނބަލުންނެވެ.