ދުނިޔެ

އެމެރިކާގައި މަރަށް މަރު ހިފަނީ!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އެމެރިކާގައި އަންހެނަކު މަރަން ހުކުމް ކޮށްފިއެވެ. މިއީ 67 އަހަރަށްފަހު އަންހެނަކު މަރާލަން އެމެރިކާގައި ހުކުމްކުރި ފުރަތަމަ ފަހަރެވެ.

Ads by Sosun Fihaara

ބޭރުގެ މީޑިއާތައް ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާގެ ކޯޓަކުން މަރަން ހުކުމް ކޮށްފައި ވަނީ ، 2004 ވަނަ އަހަރު މާބަނޑު އަންހެނެއްގެ ބަނޑު ފަޅާލާ ބަނޑުގައި އޮތް ތުއްތު ދަރިފުޅު ނަގާ ރަހީނު ކުރިކަމުގެ ކުސް ސާބިތުވި މީހެއްގެ މައްޗަށެވެ. މިމީހާގެ މައްޗަށް ކުރި ހުކުމް ތަންފީޒު ކުރުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު 8 ވަނަ ދުވަހު އެވެ. އޭނާ މަރާލެވޭނީ އިންޖެކްޝަނެއް ޖަހައިގެން ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގައި އެންމެ ފަހުން އަންހެނަކު މަރާލަން ހުކުމްކޮށް ، އެހުކުމް ތަންފީޒު ކުރީ މީގެ 67 އަހަރު ކުރިން ، 1953 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުގައެވެ. އެންމެ ފަހުން މަރާލެވުނު އަންހެނަކީ ބޯނީ ބްރައުން ކިޔާ މީހެކެވެ. މި އަންހެން މީހާގެ މައްޗަށް ސާބިތުވީ ރަހީނު ކުރުމާއި މީހުން މެރުމުގެ ކުށެެވެ. މީގެ އިތުރުންވެސް 1953 ވަނަ އަހަރު ދެމަފިރިއެއްގެ މައްޗަށް ވެސް ވަނީ މަރުގެ ހުކުމް ތަންފީޒު ކޮށްފައެވެ.

އެމެރިކާގައިވެސް ގިނަ ދުވަސްތަކެެއް ފަހުން މަރަށް މަރު ހިފަން މިވަނީ ފަށާފައެވެ. ނަމަވެސް ރާއްޖެ ފަދަ އިސްލާމީ ގައުމެއްގައި މަރަށް މަރު ނުހިފުމަކީ ގިނަ ބަޔަކު އެކަމާ ފާޑު ކިޔާ ކަމެކެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!