މޫދަށް އެރި އުޅުނީ 2 ކިނބުލަކާއި އެކު,ކަންތައްވީ އެންމެ ރަނގަޅަކަށް ނޫން
އާންމުކޮށް ފަތުރުވެރިންނަކީ އެކި ކަހަލަ މަސްތަކާއި މޫދު ޖަނަވާރުތަކާ އެކު މޫދަށް އެރެން ޝައުގުވެރިވާ ބައެކެވެ. އެގޮތުން، ކޯމަހާއި މަންތާ ނަމަކަށް ކިޔާ މަޑި އަކީ ރާއްޖެއަށް އަންނަ ފަތުރުވެރިން ވެސް އެ މަސްތަކަކާއެކު މޫދަށް އެރެން ބޭނުންވާ މަސްތަކެކެވެ. އެހެން ނަމަވެސް މި މީހާއަކީ ކިނބުލަކާ އެއްކޮށް މޫދަށް އެރުނު މީހެކެވެ. އާޚިރުގައި ކަންތައް ނިމިގެން ދިޔައީ އެންމެ ރަނގަޅަކަށް ނޫނެވެ.
އިނގިރޭސި ވިލާތުގައި 2 ކިނބުލަކާއި އެކު މޫދަށް އެރި އޮވެ ކުރަމުން ދިޔަ ވީޑިއޯއެއްގައި ކިނބޫ އައިސް އެމީހާއަށް ހަމަލާދިން މަންޒަރު ވަނީ އެ ވީޑިއޯ އަށް އަރާފައެވެ. އަދި މި ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި އާންމު ކުރި ހިސާބުން މި ވީޑިއޯއަށް ވަނީ ގިނަ ބައެއްގެ ޝައުގުވެރިކަން ލިބިފައެވެ
ވީޑިއޯ އިން ފެންނަ ގޮތުގައި ފުރަތަމަ ވަގުތުކޮޅު މި މީހާ އެ ކިނބޫތަކާއި އެކު ވަރަށް މަޖާކުރިއެވެ. އެހެން ނަމަވެސް ކިނބޫ އޭނަގެ ގާތަށް އައި ހިސާބުން މުޅި މާހައުލު އެއްކޮށް ބަދަލުވީއެވެ. އޭނަގެ ކަނާތް އަތުގައި ދަތް އެޅީއެވެ. އެހެން ނަމަވެސް އެހިސާބުން އޭނާ ވަނީ ހަޅޭލަވާ އެހެންމީހުންގެ އެހީތެރިކަމާއި އެކު ދޯންޏަށް އަރާފައެވެ. މާބޮޑު އަނިޔާއެއް ނުވި ނަމަވެސް އޭނާ ހުރީ ވަރަށް ބޮޑަށް ބިރުގަނެފައެވެ.