ލައިފްސްޓައިލް

މިޕެއިންޓިންގ ވަރަށް ރީތި ދޯ؟ ތައްޔާރުކުރީ ކޮފީ ބޭނުން ކޮށްގެން!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޖިއްދާ: ސައުދީ އަރަބިއާގެ އަންހެނަކު ދުނިޔޭގެ އެންމެ ބޮޑު ކޮފީ ޕެއިންޓިންގ ހަދާ، "ޖިނަސް ބުކް އޮފް ވޯލްޑް ރިކޯޑަށް" އަރައިފިއެވެ.

Ads by MWSC

އުޙްދު ޢަބްދުﷲ އަލްމަލްކީ ނަމަކަށް ކިޔާ މިއަންހެން މީހާގެ ނަން މިދިޔަ އާދީއްތަ ދުވަހު ވޯލްޑް ރިކޯޑު ފޮތަށް އަރާފައިވާއިރު، އޭނާއަކީ މިފަދަ ޕެއިންޓިންގެއް މުޅި ސައުދީ އަރަބިއާއިން ވެސް ހެދި ފުރަތަމަ އަންހެނާއެވެ.

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި މި ޕެއިންޓިންގ އޭނާ ހަދާފައިވަނީ މުއްދަތު ހަމަވެފައިހުރި ކޮފީ ބޭނުން ކޮށްގެންނެވެ.

ސައުދީގެ ލީޑަރަކާއި އެކުވެރި އަރަބި އިމާރާތުގެ ލީޑަރެއްގެ ސިފަ ޖައްސައިގެން ހަދާފައިވާ މިޕެއިޓިންގެ މަސައްކަތް އެއްކޮށަ ނިންމާލެވުނީ 45 ދުވަސް ތެރޭގައި ކަމަށް އުޙްދު ބުނެފައިވެއެވެ.

"މިއީ ހަމަ އަހަރެންގެ މަސައްކަތްކަން އެންގުމަށް، އަހަރެން މިޕެއިންޓިންގ ހެދީ އިތުރު ދެ ހެކިވެރިންގެ ވެސް ހާޒިރުގަ. އެމީހުން ވީޑިއޯ ވެސް ކުރި" އުޙްދު ބުނެފައިވެއެވެ.

ކޮފީ ބޭނުން ކޮށްގެން އުޙްދު ތައްޔާރު ކޮށްފައިވާ މިޕެއިންޓިންގަށް ކިޔާފައިވަނީ "ނަސީޖް 1" އެވެ. މާނައަކީ "އެކުގައި ގުޅިފައި" ވުމެވެ

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!