ޚަބަރު

ހިތަދޫ ގައި ވެސް މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އައްޑޫސިޓީ ހިތަދޫގައި ވެސް މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.

Ads by MWSC

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫގައި ދެ ގްރޫޕެއް ދެމެދުގައި ހިނގި މާރާމާރީ އެއްގައި ތޫނު އެއްޗަކުން ހަަމަލާދީ މީހަކު ޒަހަމް ކޮށްލާފައިވާ މައްސަލައެއް 00:28 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މިމާރާމާރީގައި އަނިޔާ ލިބުނު މީހާއަށް އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އަނިޔާ ލިބުނު މީހާއަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އޮންލައިން ނޫސް "ވަގުތު" އިން ބުނެފައިވާ ގޮތުގައި، ތޫނު އެއްޗަކުން ހަމަލާދީ އެ ޒުވާނާގެ އަތުގެ ދެ އިނގިލި ވަނީ ބުރިކޮށްލާފައި ކަމަށް މަންޒަރު ދުށް މީހަކު ވަނީ އެނޫހަށް މައުލޫމާތު ދީފައެވެ. އަދި އެމީހާގެ އުނަގަނޑާއި ފަޔަށާއި ބުރަކައްޓަށް ވެސް ހަމަލާ ދީފައިވާއިރު އޭނާގެ ފައި ވެސް އޮތީ ވަރަށް ބޮޑަށް ޒަހަމްވެފައި ކަމަށް ބުނެފައިވެއެވެ.

އައްޑޫ ސިޓީގައި ވެސް މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާއިރު، އިއްޔެ ށ. ފޯކައިދޫ ގައި ބިދޭސީއަކު އެހެން ބިދޭސީއަކަށް ވެސް ވަނީ ތޫނު އެއްޗަކުން ހަަމަލާ ދީފައެވެ. އަދި ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯންގެ ކުރީގެ އެމްޑީ އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) އަށް ވެސް ރޭގައި މީހަކު ވަނީ ތޫނު އެއްޗަކުން ހަަމަލާ ދީފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!