ޚަބަރު

މާމިގިލި އިބޫ ޒަހަމްވީ އަންހެނުންގެ ދަބަހުގައި އޮތް ކަޓަރަކުން ކަމަށް ބެލެވޭ ކަމަށް ވިދާޅުވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަދި އެމްޑީޕީގެ މާމިގިލީ ދާއިރާގެ ރައީސް އިބްރާހިމް ރަޝީދު (މާމިގިލި އިބޫ) އަށް ރޭގައި ތޫނު އެއްޗަކުން ލިބުނު ޒަހަމަކީ އޭނަގެ އަންހެނުންގެ އަތް ދަބަހުގައި އޮތް ކަތަރަކުން "އެކްސިޑެންޓަލީކޮށް" ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ތޫނު އެއްޗަކުން ލިބިފައިވާ ޒަހަމްތަކަކާއެކު އޭޑީކޭ އަށް މީހަކު ފަރުވާ ހޯދަން ގޮސްފައިވާ ކަމަށް އެހޮސްޕިޓަލުން ރޭ 22:51 ކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ރޭގައި މައުލޫމާތު ދީފައިވެއެވެ.

އެޒަހަމް ލިބިފައި ވަނީ މާމިގިލީ އިބޫ އަށްކަން ފަހުން ވަނީ އެނގިފައެވެ. އޮންލައިން ނޫސް "ފެށުން" ގައި ބުނެފައިވާ ގޮތުންނަމަ މާމިގިލީ އިބޫއަށް އަނިޔާ ވެފައިވަނީ އޭނަގެ ކޮނޑު ކަށިގަނޑާއި މެއާއި ދޭތެރެއަށެވެ.

މިކަމާއި ގުޅޭގޮތުން މިއަދު ހެނދުނު ފުލުހުން ވިދާޅުވީ އެޒަހަމް ފާހަގަ ވެފައިވަނީ އަންހެނުންނާއެކު ސައިކަލު ދުއްވާލަން ދަނިކޮށް ކަމަށް ޒަހަމް ލިބުނު މީހާ ވިދާޅުވެފައިވާ ކަމަށާއި އޭނަގެ އަންހެނުންގެ އަތް ދަބަހުގައި ކަޓަރެއް އޮންނާނެ ކަމަށް ވެސް ވިދާޅުވި ކަމަށެވެ.

"އަދި އެއީ އެކަޓަރުން އެކްސިޑެންޓަލީ ލިބިފައިވާ ޒަހަމެއް ކަމަށް ބެލެވޭ ކަމަށް ވެސް މައުލޫމާތު ދީފައިވޭ" ފުލުހުން ވިދާޅުވިއެވެ.

މިމައުލޫމާތު ސައްޙަތޯ ބެލުމަށް އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

Ads by PNC
  1. މުޙައްމަދު

    ކަޓަރު ނުގެންގުޅޭތި

  2. ކިނބޫ

    ކިހާ ބޮޑު އުނދަގުލެއް. މީހެއްގެ ގައިގަ ކަޓަރު އަޅަންވެގެން އަންހެނުން އަތްދަބަހަށް ކަޓަރު ލައިގެން ދަނިކޮށް އަމިއްލަ ގަޔަށް ތިޔަ ހެރުނީ؟ ބަލަ ތޫނު ހަތިޔާރު ތިގޮތަށް ގެންގުޅުމަކީ މަނާ ކަމެއްކަން ނޭނގޭތަ؟ މިމީހާގެ މައްސަލަ ބަލައި ފިޔަވަޅު އަޅާ އަވަހަށް.