ލައިފްސްޓައިލް

ކައިވެނިކުރަން އެއްބަސް ނުވުމުން ބޮޑު ލަނޑެއް ދީފި!

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އިންޑިއާގެ ބެންގަލޫރުގައި މީހެއްގެ ކައިވެނީގެ ހުށަހެޅުމަށް ނޫނެކޭ ބުނި މީހަކު، ބޮޑު ވަޅެއްގައި ތިން ދުވަސް ހޭދަކުރަން ޖެހިއްޖެއެވެ.

Ads by MWSC

ރިޕޯޓުތައް ބުނާ ގޮތުގައި 22 އަހަރުގެ މި އަންހެން މީހާ ވަޅަށް ވައްޓާލާފައި ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ދިމާވި ރަހުމަތްތެރިއެކެވެ. މި ފިިރިހެން މީހާ މިގޮތަށް ކަންތައް ކޮށްފައިވަނީ އޭނާ ކައިވެނި ކުރުމަށް ހުށަހެޅި ކުރަން ހުށަހެޅި ހުށަހެޅުމަށް ނޫނެކޭ ބުނުމުގެ ސަބަބުންނެވެ.

ފުލުހުން ވަނީ މިހާރު މި ފިރިހެން މީހާ ހައްޔަރުކޮށްފައެވެ.

އިންޑިއާގެ މީޑިއާ ތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އަންހެންމީހާ ސަލާމަތްކޮށްފައި ވަނީ މި މަހުގެ 13 ވަނަ ދުވަހު ވަޅެއްގެ ތެރެއިން މީހަކު ހަޅޭ ލަވާ އަޑުއިވިގެން އެކަން އެ އަވަށުގެ މީހުން ފަޔާ ޑިޕާޓްމަންޓަށް ރިޕޯޓުރުމުންނެވެ.

އަދި އަންހެންމީހާ ސަލާމަތް ކުރިއިރު، 60 ފޫޓުގެ އެވަޅުގައި އޭނާ ހުންނަތާ ވަނީ 3 ދުވަސްވެފައެވެ. އަދި ވެއްޓުމުގެ ތެރޭގައި އޭނާގެ އަތަށް ވެސް ވަނީ އަނިޔާތަކެއް ވެފައެވެ.

އުމުރުން 22 އަހަރުގެ މި އަންހެން މީހާ ކައިވެނިކޮށްގެން އުޅޭއިރު، ދަރިއެއް ވެސް ހުރެއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!