ޚަބަރު

ސަރުކާރުން ރައްޔިތުންނަށް ބޮޑުތަނުން ޚިޔާނާތްތެރިވެއްޖެ: ޖަމީލް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މި ސަރުކާރުން ދިވެހި ރައްޔިތުންނަށް ބޮޑު ތަނުން ޚިޔާނާތްތެރިވެފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް މިހެން ވިދާޅުވީ ވެންޓިލޭޓަރު މައްސަަލައިގައި ކުރެވުނު ކޮރަޕްޝަންގެ މައްސަލަތަކުގައި އެއްވެސް ފަރާތަކަށް ދައުވާ ނުކުރުމަށް ޕީޖީއިން ނިންމުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ޖަމީލް ވިދާޅުވީ ވައްކަން ކުރިޔަސް، ލޫޓު ކުރިއަށް ސަރުކާރަށް ނިސްބަތްވާ ފަރާތަކުން އެކަން ކޮށްފިނަމަ މިހާރު އެއީ މައްސަލައަކަށް ނުވާ ކަމަށެވެ. އަދި އެމީހަކު އުޅެން ބޭނުން ގޮތަކަށް އުޅެންވީ ކަމުގައި ވެސް ޖަމީލު ވިދާޅުވިއެވެ.

"ބޭނުންވީމާ ކިތަންމެ ހަނިކޮށް ވިޔަސް ދަޢުވާކުރެވޭ. މުޑުދާރު ވެރިކަމެއްކަން ގާއިމްވީ" ޖަމީލުގެ ޓްވީޓުގައި ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ގެންނަން ނިންމި ވެންޓިލޭޓަރު ގެނައުމަށް ދުބާއީ ކުންފުންޏަކަށް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިމެނޭ ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 11 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލައިގައި މައްސަލައިގައި އެއްވެސް ފަރާތަކާ ދެކޮޅަށް ދައުވާ ނުކުރަން ޕީޖީން ނިންމާފައި ވަނީ ހެކި ނެތިގެންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!