ޚަބަރު

އެމްޑީޕީގެ ޕީޖީން ފާސްވީ އަމީނަށް އިތުބާރު އޮތްކަމަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕު(ޕީޖީ)ގައި މިއަދު ނެގި ވޯޓުން ފާސްވީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނަށް އިތުބާރު އޮތް ކަމަށެވެ.

އޮންލައިން ނޫސް "ސަން" އިން ބުނެފައިވަނީ އަމީނަށް އިތުބާރު އޮތް ކަމަށް ފާސްވެފައި ވަނީ އެންމެ ތިން ވޯޓުގެ ތަފާތަކުން ކަމަށެވެ.

އެމްޑީޕީ ގެ ޕީޖީގެ ބައްދަލުވުމެއް މިއަދު ބޭއްވީ ވެންޓިލޭޓަރު ތަކުގެ މައްސަލައިގައި މިނިސްޓަރ އަމީނަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅިގެން އޭނާ މަގާމުން ވަކި ކުރުމަށް މަޖިލިހަށް ހުށަހެޅުމާމެދު ގޮތެއް ނިންމުމަށެވެ.

ސަން އިން ބުނެފައިވަނީ އެމްޑީޕީ ގެ ޕީޖީގެ އެބައްދަލުވުމުގައި 58 މެންބަރަކު ބައިވެރިވިކަމަށް އެނޫހަށް އެނގިފައިވާ ކަމަށާއި، އިތުބާރު ނެތް ކަމަށް ކަނޑައަޅަން މަދުވެގެން 29 ވޯޓު ބޭނުންވާއިރު އެފަދައިން ވޯޓު ދެއްވީ 27 މެންބަރުން ކަމަަށެވެ.

އަމީން އަށް އިތުބާރު އޮތް ކަމަށް ވޯޓު ދެއްވި މެންބަރުންގެ އަދަދު ސާފެއް ނުވެއެވެ.

އަމީނަށް ތުހުމަތު ކުރެވެނީ، ކޮވިޑް-19އާ ގުޅިގެން ގިނަ އަދަދެއްގެ ވެންޓިލޭޓަރު ގަތުމުގެ ތެރޭ ނާޖާއިޒު ކަންތައްތަކާއި ހީލަތް ހަދާފައިވާ ކަމުގެ ތުހުމަތެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!