ރައީސް ޞާލިޙާއި ބައިއަތު ހިފީ އަޅުގަނޑުމެންގެ ޝައްކާއި ވަޙުމްތައް ފިއްލުވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވުމުން: އަމީން
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙަށް ތާއީދުކުރަން ނިންމެވީ އެބޭފުޅުންގެ ޝަކުވާތަކާއި ވަޙުމުތައް ފިއްލުވައިދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވީމައިކަމަށް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓު އަދި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ރަނިން މޭޓް އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭނުގައި މިރޭ ބޭއްވި "ސޯސަން ޖަގަހަ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަމީން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކާއިއެކު މަސައްކަތް ނުކުރައްވާނެކަމަށް ޖޭޕީއިން ނިންމެވި ފަހުން ރާއްޖޭގައި ކަންކަން ބަދަލުވެގެން އައި ގޮތަކުން އެއްވެސް ކޮޅަކަށް ނުޖެހި ހުންނެވުން އެއީ އެންމެ ރަނގަޅު ގޮތްނޫންކަމަށް ވިސްނިވަޑައިގެންނެވި ކަމަށެވެ.
"ކަންކަން ބަދަލުވަމުން އެނބުރެމުން މިއައި އައުމުގައި އަޅުގަނޑަށް ޤަބޫލުކުރެވުނީ އަދި މިނޫން ވިސްނުމަކަށް ދާން އެބަޖެހެޔޭ، އަމިއްލަ ހައިސިއްޔަތުން، އަމިއްލަ ފަރުދެއްގެ ގޮތުން، އެ ވިސްނުމުގައި ދުވަސްތަކެއްވެސް ހިނގައްޖެ" އަމީން ވިދާޅުވިއެވެ.
"ސުވާލަކަށްވީ އަޅުގަނޑު، އަދި އަޅުގަނޑާއިއެކު މަސައްކަތްކުރެއްވި ބޭފުޅުން މިފަހަރު ވާނީ ސްލޭވްސް އޮފް ސިޗުއޭޝަންތޯ ނޫނީވިއްޔާ ޗޭންޖުގެ އޭޖެންޓަކަށްތޯ؟ ހާލަތުގެ އަޅަށްތޯ ނޫނީވިއްޔާ ތަން އިސްލާހްކޮށް ރިފޯމްކުރާ އެޖެންޓަކަށްތޯ؟ އެ ފިކުރުގައި މިތިބީ، އަޅުގަނޑުގެ ޒަމީރު ޤަބޫލުކުރީ އަޅުގަނޑުމެން ވާންޖެހޭނީ އަބަދުވެސް މި ލަޔާޤަތާއި ޤާބިލުކަން ހުރި މިންވަރަކުން އިސްލާޙް ގެންނަން، ތަރައްޤީކުރަން، ހެޔޮ ބަދަލު ހޯދަން މަސައްކަތްކުރާ ޗޭންޖް އޭޖެންޓަކަށޭ" އަމީން ވިދާޅުވިއެވެ.
މީގެ އިތުރުން އަމީންއާއި އޭނާގެ އަރިހުގައި މިރޭ އެމްޑީޕީއާއެކު މަސައްކަތް ކުރައްވަން ވަޑައިގެންނެވި ހުރިހައި ބޭފުޅުންނަކީވެސް، އިސްލާޙު ގެނައުމަށް މަސައްކަތްކުރައްވާނެ ބޭފުޅުންކަން ފާހަގަކުރައްވަމުން އަމީން ވަނީ އެބޭފުޅުން އެމްޑީޕީއާއިއެކު މަސައްކަތްކުރަން ނިންމެވި ބައެއް ސަބަބުތައް ވިދާޅުވެދެއްވާފައެވެ.
އެގޮތުން ރިޔާސީ އިންތިޚާބާއި ދިމާކޮށް އަދި އިންތިޚާބުގެ ފުރަތަމަ ބުރު ނިމުމާއެކުވެސް ރައްޔިތުންގެ މެދުގައިވެސް އެންމެ ބޮޑަށް ދެކެވުނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލުގެ ވާހަކަ ކަމަށާއި އެކަމާއި ގުޅިގެން ރައްޔިތުންގެ ހުރި ޝަކުވާތައް އަލުން އަނބުރާ ދައްކަން ނުޖެހޭ މިންވަރަށް ރައީސް ޞާލިޙު ޔަޤީންކަން ދެއްވިކަމަށް އަމީން ވިދާޅުވިއެވެ.
"އަޅުގަނޑު ބޭނުންވީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ހިމާޔަތްކުރުމުގައި އަޅުގަނޑުމެން މިދެއްކި ވާހަކަ، އަލުން އަނބުރާ ދައްކަން ނުޖެހޭ ފެންވަރަށް، އެ ޝަކުވާތައް އަލުން އަނބުރާ ނާންނަ ވަރަށް ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންނަށް ކަށަވަރުކަން ދެއްވި. މި ސަރުކާރުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ހިމާޔަތްކޮށް ދޭނެކަމުގެ ޔަޤީންކަން އެ ކަށަވަރުކަން ދެއްވުން، ... އެއީ އަޅުގަނޑު މިތަނަށް އައި އެއް ސަބަބަކީ" އަމީން ވިދާޅުވިއެވެ.
މީގެ އިތުރުން، ޚާރިޖީ ގުޅުންތަކުގައި ހަމަހަމަކަމާއި އިންސާފު ޤާއިމްކުރެވިގެން ދިޔުމަށްވެސް ރައީސް ޞާލިޙުގެ އަރިހުގައި އެދިވަޑައިގެންނެވިކަމަށާއި އެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިކަމަށް އަމީން ވިދާޅުވިއެވެ.
"އަޅުގަނޑު މިތަނަށް އައުމުގައި މި މަގު އިޚްތިޔާރުކުރުމުގައި އަޅުގަނޑު އެންމެ ގަދަޔަށް ވާހަކަދައްކަމުން އައި ކަންކަން، އެ ކަންކަން ރަނގަޅުކުރައްވާނެ ކަމުގަ، މައްސަލައެއް ވާކަމުގައި ވާނަމަ، އަދި އެ ކަންކަމުގައި އަޅުގަނޑުމެންނަށް އުފެދިފައިވާ ޝައްކުތަކާއި ވަހުމްތައް ފިލުއްވައިދެއްވާނެކަމުގެ ޔަޤީންކަން ލިބުމުން އެއީ ހަޤީޤަތުގައި އަޅުގަނޑު މިރޭ އެމަނިކުފާނާއި ބައިއަތު ހިފަން މި ދިމާވި ސަބަބަކީ" އަމީން ވިދާޅުވިއެވެ.
ހަމައެއާއެކު މީގެ ކުރިން އަމީން އަދި ޖޭޕީގެ ބޭފުޅުންވެސް މި ސަރުކާރުން ކޮށްފައި ހުރި ކަންކަމުގެ ވާހަކަތައް ދެއްކެވި އިރު އެ ވާހަަކަތަކަކީ ޒާތީވެގެން ދެއްކެވި ވާހަކަތަކެއް ނޫންކަމަށްވެސް އަމީންވަނީ ފާހަގަކުރައްވާފައެވެ.
"އަޅުގަނޑުމެން ދައްކަމުން އައި ވާހަކަތައް އަޅުގަނޑުމެން ހުށަހަޅަމުންދިޔަ މައްސަލަތައް އަޅުގަނޑުމެންގެ ރައްޔިތުންގެ ފަރާތުން ލިބެމުން ދިޔަ އަޑުތައް ޝަކުވާތަކެއްގެ ސިފައިގައި ފާޅުކުރަމުން ހާމަކުރަމުން ދިޔައީ ހަޤީޤަތުގައި ހައްދެއް މިނެއް ނެތް މިންވަރަށް، އެހެންނަމަވެސް ދެއްކި ވާހަކައެއް ދެއްކީ މައްސަލައަށް، އަޅުގަނޑުމެންނަކީ ޒާތީ ބައެއް ނޫން. އަޅުގަނޑުމެންގެ ލީޑަރަކީ، އޮނަރަބަލް ޤާސިމް އިބްރާހިމަކީވެސް އެއްވެސް ޙާލެއްގައި ޒާތީވާނެ ބޭފުޅެއް ނޫން" އަމީން ވިދާޅުވިއެވެ.
އަދި އޭނާ ވެސް މަސައްކަތްކުރެއްވީ ރައްޔިތުންގެ އަޑު އެއްސެވުމުގައި ކަމަށާއި ރައްޔިތުންގެ ކުރިމަތީގައި ހުރި މައްސަލަތަކާއި ގުޅޭގޮތުން ރައީސް ޞާލިޙުއާއެކު ވާހަކަ ދެއްކެވި ކަމަށް ފާހަގަކުރައްވަމުން އަމީން ވިދާޅުވީ މިއަދުވެސް އެމްޑީޕީއާއިއެކު މަސައްކަތްކުރައްވާއިރުވެސް ރަނގަޅުކުރަން ހުންނަ ކަންކަމުގެ ވާހަކަ ދައްކަވާނެކަމަށާއި، އެ ވާހަކަތައް ނުދައްކަވާނަމަ ކަންތައްތައް ރަނގަޅުކުރުމުގައި ކުރިއަށް ނުދެވޭނެކަމަށެވެ.
އޮކްޓޯބަރު އެއް ވަނަ ދުވަހު އަލިވިލޭނީ މިނިވަން ރާއްޖެއަކަށް ވާނެ ކަމަށް މުއިއްޒު ބުނުން އެއީ ދިވެހި ވަތަންގެ މިނިވަން ކަން ދެކެ ލޯބިވާ ކޮންމެ ދިވެހި ދަރިއަކު ވެސް މަމެން ޕިންކީން ނާއި އެކު މިނިވަން ކަން އަލުން އަނބުރާ ހޯދަން ކަޅުއޮށް ފުންމިއަށް އަރާނެއޭ މިނިވަން ކަން އަލުން ހޯދަން ހުރިހާ ކުދިން ވެސް އަރާށޭ މަމެން ޕިންކީންގެ ކަޅުއޮށް ފުންމިއަށް ޗޭންޖް އިޓް އީވެން ވެލް އިނަފް ޗޭންޖް އިޓް ދިސް އިޒް އޮންލީ ގެޓިންގް ނޯން ޓު އަސް….
އޯއް އޯއް އޯއް ބަލާލުމުން އިހްސާސް ވަނީ މަމެން ޕިންކީން މޮޅުވާ ތަނޭ މަމެން ޕިންކީން ގޯއްޗަށް ރެޑޭ މެން ގޯތި ހުރިހާ ކުދިން ވެސް އައިސް ވަނުމުން މަމެން އުފާ ކުރަމޭ އެކަމޭ އަދު ހުރިހާ ކަތުން އެއް އަޑަކުން އެކިޔަނީ ވަތަން ވަތަން އެދޭ ގޮތަށް ވަތަން ގެ މިނިވަން ކަން އަލުން އަނބުރާ ހޯދާދޭނީ ހަމައެކަނި މަމެން ޕިންކީންނޭ ޔޭއް ދިސް ކުޑް ބީ އިޓް މަމެންނަށް ހީވަނީ މަމެން ގައުމު ދެކެ ވަރަށް ލޯބިވާހެނޭ ޔޭއް އައި ތިންކް އައި އޭމް އިން ލަވް ވިދް މައި ކަންޓްރީ އައި ތިންކް އައި އޭމް އިން ލަވް ވިދް ޔޫ އޯއް ޔޭއް އައި ނޯ ޔޫ މިސް މީ…
އަމީން އަށް ބުނެލަން އޮތީ މިވެރިކަމުގަ ކޮރަޕްޝަން އޮތްކަމަށް ޝައްކުކުރަނީތޯ؟ އޭ އެހެންކަމަށްވާނަމަ ކޮބައިތޯ ވެންޓިލޭޓަރު ވަގުން އެއްޖިންސުން ގުޅުންހިންގުމުން ކޮބާތޯއޭ ބެލުނު މައްސަލަ ދެވުނު އަދަބު މުޅިގައުމުގަ ކޮރަޕްޝަން އޮތްއިރު ކޮބާތޯ ނުފެންނަނީ ކީއްވެތަ މީހުން މެރުން ޢާންމުވެ ކަރުބުރިކޮށް މީހުން މެރި އިރުވެސް ސަރުކާރަށް ސަނާ ކީ ހަމަ ނުވާކަމެއްތޯ؟ އިސްލާމްދީނާއި ދިވެހި ގައުމިއްޔަތު ނެތިދާއިރު ކޮބައިތޯ އަމީން ކުޑަ ކުދިންނަށް ޖިންސީ ގޯނާކޮށް ރޭޕް ކުރިއިރު ކީއްވެބާ ހަނު ހުރީ