ލައިފްސްޓައިލް

18 އަހަރު ވަންދެން ހިލޭ އިންޓަނެޓު ލިބޭނެގޮތެއް ވަރަށް ތަފާތު ޑީލަކުން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިންޓަނެޓުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏަކާއެކު ވަރަށް ތަފާތު ޑީލެއް ހަދައިގެން، ދެމަފިރިއަކު 18 އަހަރު ވަންދެން ހިލޭ އިންޓަނެޓުގެ ޚިދުމަތް ހޯދައިފިއެވެ.

އެގޮތުން ސްވިޒަލޭންޑުގެ ދެމަފިރިއަކު، އެޤައުމުގައި އިންޓަނެޓުގެ ޚިދުމަތްދޭ ކުންފުންޏެއް ކަމަށްވާ ޓްވައިފައި އާއެކު ޑީލް ހެދީ އެމީހުންނަށް އަލަށް ލިބުނު ތުއްތު ދަރިފުޅަށް އެކުންފުނީގެ ނަމުން ނަން ދިނުމަށެވެ. ބަދަލުގައި އެމީހުންނަށް ލިބެނީ 18 އަހަރު ދުވަހަށް ހިލޭ އިންޓަނެޓުގެ ޚިދުމަތެވެ.

އެގޮތުން ޓްވައިފައި ކުންފުނިން އެދިފައިވަނީ އަލަށް އުފަންވާ ކުދިންނަށް "ޓްވައިފިއަސް" ނުވަތަ " ޓްވައިފިއާ" ކިޔުމަށް ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

ތުއްތު ކުއްޖާއަށް މިލިބުނު އިނާމު އެކުއްޖާގެ މައިންބަފައިންނާ މިހާރު ވަނީ ހަވާލު ކޮށްފައި ކަމަށެވެ. އެމީހުން ބުނީ އެކުންފުނިން ވަނީ ފައިސާގެ އިނާމެއް ވެސް ދީފައެވެ. އެފައިސާ ބޭނުން ކުރަން ފަށާނީ ކުއްޖާ ބޮޑުވުމުން ކަމަށް ވެސް އެމީހުން ބުނެފައިވެއެ.

ސްވިޒަލޭންޑުގެ އުމުރުން 30 އަހަރުގެ އަންހެނަކާއި 35 އަހަރުގެ ފިރިހެނަކު އެމީހުންގެ ދަރިފުޅަށް ކިޔާފައިވަނީ "ޓްވައިފިއާ" އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!