ޚަބަރު

"އިންޑިއާ އައުޓް" ހުއްޓުވަން މާރިޔާ އާއި ޝަމާލް ސުޕްރީމް ކޯޓަށް!

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް މީސްމީޑިއާ ގައާއި އެހެން ވެސް ގޮތްގޮތުން ގޮވާލަމުން އަންނަ ގޮވާލުންތައް ހުއްޓުވައި ދެއްވުމަަށް، ރާއްޖޭގެ ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީ އާއި އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ތަކަކާއި ބައްދަލު ކުރައްވައި، އެދި ވަޑައިގެންފިކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އޮންލައިން ނޫސް "ދިޔަރެސް" ގައި ބުނެފައިވަނީ މާރިޔާ އާއި ޝަމާލް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކަކާ ބައްދަލު ކުރެއްވީ ސުޕްރީމް ކޯޓާއި އެ ބޭފުޅުންގެ ސެކިއުރިޓީއާއި ގުޅޭ ކަންތައްތަކަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ވިދާޅުވެ ކަމަށް، ދިފާއީ ވުޒާރާގެ އިސްބޭފުޅަކު ނަން ހާމަ ނުކުރުމަަށް އެދި އެނޫހަަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

ނަމަވެސް އެބައްދަލު ކުރެއްވުމުގައި މާރިޔާ އެދިލެއްވީ ކޮންމެވެސް ގޮތަކަށް، ސުޕްރީމު ކޯޓު މެދުވެރިކޮށް "އިންޑިއާ އައުޓް" ކެމްޕެއިން ހުއްޓުވާ ދެއްވުމަަށް ކަމަަށް ވެސް އެނޫހުގައި ބުނެފައިވެއެވެ.

އެނގިފައިވާ ގޮތުގައި މިކަމަށް ފަނޑިޔާރުންގެ ކިބައިން އެެއްވެސް އިޖާބައެއް ލިބިފައެއް ނުވެވެ. އަދި މިފަދަ ބައްދަލުވުމެއްގެ ހަވާސާގެ ބޭރުން ޑިފެންސް މިނިސްޓްރީން އަދުލް އިންސާފް ޤާއިމްކުރުމުގެ ނިޒާމްގެ ބޭރުން މިފަދަ ކަމަކަށް ޒިންމާދާރުކަން ކުޑަގޮތެއްގައި އެދިލެއްވުމުން ބައްދަލުވުމުގައި ބައިވެރިވި ފަނޑިޔާރުން އެކަމާ ވަރަށް ބޮޑަށް ހިތްޕުޅުހަމަޖެހިވަޑައި ނުގެންނެވި ކަމަށްވެސް  އެނޫހުން ބުނެފައިވެއެވެ.

  1. ޙާލިދު

    ތީދެން މާރިއާ އަށް ނުވެ އޮތްކަމަކީ ކޯޓް ތަކަށް ގޮސް ދިވެހި ރައްޔިތުންނަށް ބިރުދެއްކުން .ދެން ނުވަންޏާ އިސްތިއުފާ ދޭން ވެއްޖެ އެއް ނުން..

  2. ވަރަށބޮޑުތެދެއތިހެދީ މާލަސްވެސް ވެއޖެ.