ޚަބަރު

ޢަލީ ރަމީޒްގެ ރައްދު ޓީވީއެމް އަށް: މާތް ﷲ އެބައިމީހުންނަށް ހިދާޔަތް ދައްކަވާށި!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޢަލީ ރަމީޒުގެ ލަވަތަކާއި އޭނާގެ މިޔުޒިކީ ޙަޔާތާއި ގުޅޭ އެއްވެސް އެއްޗެއް ޓީވީތަކުންނާއި ރޭޑިއޯ ތަކުން ވެސް ގެނެސް ނުދިނުމަށް އޭނާ އިއްޔެ އާދޭހާއެކު ވަސިއްޔަތް ކުރުމުން ވެސް، މިއަދު ޓީވީއެމުން އެލަވަތައް ގެނެސްދިނުމުން އޭނާ އެމީހުންނަށް ހެޔޮ ދުއާ ކުރައްވައިފިއެވެ.

Ads by MWSC

ފޭސްބުކް މެދުވެރިކޮށް ޢަލީ ރަމީޒް އިއްޔެ ވިދާޅުވެފައިވަނީ އޭނާއަކީ މިހާރު މާތް ﷲއަށް ޓަކައި މިޔުޒިކު ދެކެ އިންތިހާއަށް ނަފުރަތު ކުރާ މީހެއް ކަމަށާއި މިހާރު އޭނާއަކީ ހިދާޔަތް ލިބިފައިވާ، ތެދުމަގުން އޭނާގެ އަނބިދަރިން ތަރުބިއްޔަތު ކުރަމުން އަންނަ މީހެއް ކަމަށެވެ.

ޢަލީ ރަމީޒު އެދިފައިވަނީ އޭނާ ކިޔާފައިވާ އެއްވެސް ލަވައެއް ވެސް ނުދެއްކުމަށާއި، އޭނާގެ ކުރީގެ މިޔުޒިކީ ޙަޔާތާއި ގުޅޭ ފޮޓޯތައް ވެސް ހިއްސާ ނުކުރުމަށެވެ. އަދި އެއީ އޭނާއަށް ދެވޭ އަނިޔާއެއް ކަމަށް ވެސް ވިދާޅުވެ އެކަން ނުކުރުމަށް އާދޭސް ކޮށްފައިވެއެވެ.

ނަމަވެސް މިއަދު ޓީވީއެމް "މެންދުރުފަސް" ޕްރޮގްރާމުން ވަނީ "ޢަލީ ރަމީޒް ސްޕެޝަލް" ގެ ނަމުގައި، އޭނާ ކިޔާފައިވާ ލަވަތަކެއް ގެނެސްދީފައެވެ.

 

މިކަން މީސްމީޑިއާއިން ވެސް ހިއްސާ ކޮށްފައިވުމުން، ޢަލީ ރަމީޒު ހަމައެކަނި ވިދާޅުވީ "މާތް ﷲ އެބައިމީހުންނަށް ހިދާޔަތް ދައްކަވާށި" ކަމުގައެވެ.

Ads by Allied Insurance
  1. ދާރީ

    ބަރާބަރު. ތީ ބުނަންޖެހޭ އެންމެ ހެޔޮ ކަލިމަ

  2. ނާހިދާ

    ޓީވީ މީހުން މޮޔަވީ

  3. މަރުމޯލު

    ލަވަ ކިޔާ އޭގެން ލިބުނު މަންފާއިން އެހެން ވިޔަފާރިތައް ފަށާ ފައިދާ ނެގުން އޯކޭތަ؟

    • ޙާބިލް

      މަގޭ ހިތައް އަރަނީ މިކަލޭގެ ދީން ކިޔެވީ ކޮންތާކުންހޭ. މާބޮޑު ޝައިޚަކަށް ވެގެން މި އުޅެނީ.. މުޅިމްވެސް ދެއްކުންތެރިކަން އޮތީ.