ކޮވިޑްގެ ދަތި ދުވަސްވަރު އެންމެ އިސްކޮށް މަސައްކަތްކުރާ އެއްބަޔަކީ ޒުވާނުން: މިނިސްޓަރ މަޙްލޫފު

ކޮވިޑްގެ ދަތި ދުވަސްވަރު އާއިލާތަކާ ދުރުގައި އެންމެ އިސް ސަފުގައި، އެންމެ އިސް ދައުރެއް އަދާކުރި ކުރަމުންދާ ބަޔަކީ ދިވެހި ޒުވާނުން ކަމުގައި ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.
މިއަހަރު ފާހަގަ ކުރާ ޒުވާނުންގެ ދުވަހާ ގުޅިގެން ، ޒުވާނުންނަށް ހާއްސަ ކޭމްޕެއް ޔޫތު މިނިސްޓްރީން މިއަދު ވަނީ ފަށާފައެވެ.
އެކޭމްޕު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު މަހުލޫފު ވިދާޅުވީ ޒުވާނުންނާ ގުޅުންހުރި ކަންތަކުގައި ގޮތް ނިންމާއިރު ޒުވާނުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވާ ކަމަށާއި ޒުވާނުންގެ ކުރިއެރުމަށް ކުރައްވާ މަސައްކަތުގައި ދެމި ހުންނަވާނެ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރ މަޙުލޫފް ވިދާޅުވީ ކޮވިޑާއި ގުޅިގެން ދިމާވެފައިވާ އިޤްތިޞާދީ ގޮންޖެހުން ތަކަކުން އަރައިގަތުމަށް އެތައް މިލިއަން ރުފިޔާގެ އެހީތެރިކަން ސަރުކާރުގެ ފުދުންތެރިކަން ހުރި ވަރަކުން ފޯރު ކޮށްދީފައިވާކަން ވެސް މިނިސްޓަރ ފާހަގަ ކުރައްވާފައިވެއެވެ.
"ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސިޔާސަތުގެ ދަށުން، އެކިއެކި ވުޒާރާތައް ގުޅިގެން ކުރެވޭ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، އެތަައް ހާސް ޒުވާނުންނަށް ވަޒީފާގެ ފުރުސަތު އުފެދިގެން ގޮސްފައިވާކަން ތަފާސް ހިސާބުތަކުން ފެންނަން އެބަހުރި" ޔޫތު މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.