ޓޫރިޒަމް މިނިސްޓްރީގެ ބިޑް މީޓިންއެއް ގައި ބައިވެރިވި މީހަކު ބަަރަހަނާ މަންޒަރުތަކެއް އަޅުވައިފި

ހއ.އުލިގަން ޓޫރިޒަމް މަޝްރޫއުގެ މައުލޫމާތު ދިނުމަށްޓަކައި މިނިސްޓްރީ އޮފް ޓޫރިޒަމް އިން މިއަދު ބޭއްވި ޕްރީބިޑް މީޓިންގައި ބައިވެރިވި މީހަކު ބަރަހަނާ މަންޒަރުތައް އެޅުވި މައްސަލައެއް ފުލުހަށް ހުށަހަޅައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ އޮންލައިން ނޫން "އަވަސް" އިން ބުނެފައިވަނީ އާންމުކޮށް ހުޅުވާލައގެން ބޭއްވި މި ބައްދަލުވުމުގައި ބައިވެރިއަކު ބަރަހަނާ ވީޑިއޯ އާއި ފޮޓޯތަކެއް އެެޅުވި ކަމަށެވެ. އަދި ހަމަ އަވަގުތު ޓޫރިޒަމް މނިސްޓްރީގެ މުވައްޒަފުން މީޓިން ކެންސަލްކޮށް އެ މަންޒަރުތައް ރިމޫވްކޮށް އަލުން މީޓިން ބާއްވާފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ. އަދި އެ މައްސަލަ މިހާރު ވަނީ ފުލުހަށް ހުށަހަޅަައިފައެވެ.
މި ބައްދަލުވުމުގައި ބަރަހަނާ މަންޒަރުތަކެއް އަޅުވާފައިވާ ކަމަށް ބެލެވެނީ "ނިޔާޒު"ގެ ނަމުގައި މީޓިންއަށް ވަތް މީހެކެވެ. އަދި މިއީ މި މަޝްރޫއު ކުރިއަށް ގެންދިއުން ހުއްޓުވުމަށް ކުރި ކަމެއް ކަމަށް މިނިސްޓްރީގެ އޮފިޝަލަކު ތުހުމަތު ކުރިއެވެ.