އައިޖީއެމްއެޗް ބޭރުން މޫދުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

އައިޖީއެމްއެޗް ބޭރުން މޫދުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
އެނގިފައިވާ ގޮތުގައި އޭނަގެ ހަށިގަނޑު މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އައިޖީއެމްއެޗް އާއި ދިމާ ބޭރުން މޫދުގައި މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އޮތްކަމުގެ މައުލޫމާތު މިއަދު 10:40 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މަރުވެފައި އޮއްވާ ފެނިފައި ވަނީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ.
މިކަމާއި ގުޅޭގޮތުން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށި. އާމީން. އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި އެވެ. އާމީން
إِنَّا لِلّهِ وَإِنَّـا إِلَيْهِرَاجِعُون