ޚަބަރު

‎ޗައިނާ އާއި އިޓަލީގެ އެއާލައިނަކުން ރާއްޖެއަށް ދަތުރު ފަށަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ދެ ގައުމު ކަމަށްވާ ޗައިނާ އާއި އިޓަލީގެ އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ.

Ads by MWSC

ޓުއަރިޒަމް މިނިސްޓްރީން ރާއްޖެއަށް މިއަހަރުގެ ތެރޭގައި ދަތުރުތައް ފަށަން ނިންމާފައިވާ އެއާލައިންތަކުގެ  ލިސްޓެއް ވަނީ އާއްމުކޮށްފައެވެ. އޭގައި ގިނަ އެއާލައިން ތަކަކުން ރާއްޖެއަށް ދަތުރު ފަށާނެ ކަމަށް ބުނެފައިވާއިރު، އޭގެތެރޭގައި ޗައިނާ ސަދަން އެއާލައިންސް އާއި އިޓަލީގެ ނިއޯސް ހިމެނެއެވެ

މި ދެ އެއާލައިނުން ވެސް މީގެ ކުރިން ރާއްޖެއަށް ދަތުރުކޮށްފައި ވެއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް އަލުން ހުޅުވާލި ފަހުން، ރާއްޖެެއަށް މިހާރު ވެސް، 12 އިންޓަނޭޝަނަލް އެއާލައިނަކުން ދަތުރު ކުރެއެވެ. އޭގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު އެއާލައިންތައް ހިމެނެއެވެ.

ރާއްޖެއަށް އަލުން ފަށަން ތައްޔާރުވެފައިވާ އިތުރު އެއާލައިންތަކަށް ބަލާއިރު، ރަޝިއާގެ އަޒުރް އެއާ އާއި، އެ ގައުމުގެ ލެއިޒާ އެއާލައިން ނޯރޑް ވިންޑާއި، އިންޑިއާ ލޯ ކޯސްޓް އެއާލައިނެއް ކަމަށްވާގޯ އެއާ އާއި، ދުބާއީގެ އެއާލައިނެއް ކަމަށްވާ ގަލްފް އެއާ އާއި ޖަރުމަންގެ އެއާލައިނެއް ކަމަށްވާ ލުފްތަންސާ އާއި އޮސްޓްރޭލިއާގެ އެއާލައިނެއް ކަމަށް އޮސްޓްރޭލިއަން އެއާލައިން އިން ހިމެނެއެވެ.

އެއާލައިންތަކުން ރާއްޖެއަށް ދަތުރު ފަށާނެ ކަމަށް ބަޔާން ކޮށްފައި ވަނީ އަންނަ ނޮވެމްބަރު މަހާއި، ޑިސެމްބަރު މަސް ތެރޭގައެވެ. އެހެންކަމުން ފަތުރުވެރިކަމުގެ ސީޒަން ފެށިގެން ކުރިއަށްދާއިރު، އިތުރު ފަތުރުވެރިންތަކެއް ރާއްޖެ އައިސް، ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރާނެ ކަމުގެ އުއްމީދު ބޮޑެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!