ޚަބަރު

މިއަދު މޫދުގައި އޮއްވާ ފެނުނު ޒުވާނާ އޮތީ މަރާލާފައި!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

މިއަދު ހެނދުނު އައިޖީއެމްއެޗްއާއި ދިމާލު މޫދުން ފެނުނު ޒުވާނާ މަރާލާފައި އޮތް ކަމަށް ތުހުމަތު ކުރެވޭތީ އެކަން ފުލުހުން ބަލަން ފަށައިފިއެވެ.

Ads by Sosun Fihaara

އޮންލައިން ނޫހެއް ކަމަށްވާ "ވަގުތު" އިން ބުނެފައިވަނީ ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުން ދަނީ ގަސްތުގައި ބަޔަކު އޭނާ މަރާލާފައި އޮތް ކަމަށް ބަލައިގެން ކަމަށާއި މޫނުމަތިން ކާކުކަން ވަކިކުރަން ނޭނގޭ ކަމަށެވެ. އަދި މަޢުލޫމާތު އެނގޭ ފަރާތަކާ ހަވާލާދީ އެނޫހުން ބުނެފައިވަނީ، މޫދުން ފެނުނު މީހާގެ، އެއް އިނގިއްޔަށް ލިބިފައި ހުރި ޒަހަމްތައް ފިޔަވައި އިތުރު އެއްވެސް ޒަހަމެއް އޭނާގެ ހަށިގަނޑުން ފެންނަން ނެތް ކަމަށެވެ.

އައިޖީއެމްއެޗް އާއި ދިމާ ބޭރުން މޫދުގައި ނިޔާވެފައިވާ މީހެއްގެ ހަށިގަނޑު އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް މިއަދު ލިބުނީ ހެނދުނު 10:40 ހާއިރު ކަމަށް ފުލުހުން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

 

މިމައްސަލައިގައި ފުލުހުން މިހާތަނަށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އާއިލާއާ ހަވާލާދީ، "ވަގުތު" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެޒުވާނާ ވަނީ މަރާލާފައެވެ. އަދި އެ ޒުވާނާ މޫދުން ފެނުނުއިރު، އޭނާގެ އަތުގައި އޮތް ތަޅުދަނޑި އާއި ވޮލެޓް އާއި އައިޑީ ކާޑު ފަދަ އެއްޗެހި ހަމައަށް ހުރި ކަމަށް ވެސް ރިޕޯޓް ކޮށްފައި ވެއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!