ލައިފްސްޓައިލް

މިކުއްޖާ މަރުވީ ބެޓެރިބުރިއެއް ކެވިގެން! އެކަމަކު ކުށްވެރި ވަނީ ކާކު؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އުމުރުން ތިން އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް، ބެޓެރި ބުރިއެއް ކެވިގެން މަރުވެއްޖެއެވެ. ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި އެބެޓަރީގެ އެސިޑުތައް ކުއްޖާގެ ގޮހޮރަށް ގޮސް އަނދާ، އޭގެ އަސަރު އެ ކުއްޖާގެ ހިތަށް ވެސް ވަނީ ފޯރާފައެވެ.

Ads by STELCO

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ބްރިޓްނީ ކޮންވޭ ނަމަކަށް ކިޔާ އެކުއްޖާ މަރުވީ މިއަހަރުގެ ޖުލައި މަހުގެ 28 ވަނަ ދުވަހު، އޮސްޓްރޭލިއާގެ ކުއީންސްލޭންޑް ހޮސްޕިޓަލުގައެވެ.

ބަނޑަށް ތަދުވާތީ ޑޮކްޓަރަށް ދެއްކުމުން، އެކުއްޖާގެ މައިންބަފައިން ކަމުގައިވާ ލޮރޭން ކޮންވޭ އަދި ޑޭވިޑް ކޮންވޭ ގާތު ޑޮކްޓަރުން ބުނެފައިވަނީ، ބްރިޓްނީ ވަނީ އޭނާއާއި ނުގުޅޭ އެއްޗެއް ކެވުމުގެ ސަބަބުން ކާނާ ވިހަވެފައި ކަމަށެވެ.

ބްރިޓްނީގެ ކަރަށް ތަދުވާ ވާހަކަ އޭނާގެ މަންމަ ކައިރީ އެންމެ ފުރަތަމަ ބުނެފައިވަނީ ޖުލައި މަހުގެ 6 ވަނަ ދުވަހުގައެވެ. އެދުވަހު އޭނާއަށް ވަރަށް ހޮޑު ލެވުނު ކަމަށް ވެސް ބުންޏެވެ.

ނަމަވެސް އެދުވަހު އޭނާއަށް ލޮލީ ޕޮޕެއް ދީފައި ހުރުމުން، ހީކުރީ ލޮލީޕޮޕުން ބޮޑު އެތިކޮޅެއް ކެވިގެން ކަަރަށް ތަދުވީ ކަމަށް، ލޮރޭން ބުނެފައިވެއެވެ. ބްރިޓްނީ އަށް ހުރީ ކާނާ ވިހަވެފައޭ ބުނީ އެމީހުންގެ އާއިލީ ޑޮކްޓަރެކެވެ.

ބްރިޓްނީ ގެ ހާލު ދުވަހުން ދުވަހަކަށް ދެރަވާން ފެށިކަމަށާއި، ނޭފަތުން ލޭ އަންނަން ފެށި ކަމަށް ވެސް އޭނަގެ މައިންބަފައިން ބުންޏެވެ.

ކޮންމެވެސް ކަމެއް ގޯސްކޮށް ވާކަަމަށް ހީވާތީ އެމީހުން ބްރިޓްނީ ގޮވައިގެން ފުރަތަމަ ދައްކަން ދިޔައީ ރޮބީނާ ހޮސްޕިޓަލަަށެވެ. އެހޮސްޕިޓަލުން ބުނީ ބްރިޓްނީގެ ހަށިގަނޑު ތެރޭގައި ވައިރަހެއް އުޅޭ ކަމަށާއި، ދުވަސް ކޮޅަކުން ރަނގަޅު ވެދާނެ ކަމަށެވެ. އެހޮސްޕިޓަލުން ބްރިޓްނީ ރަނގަޅަށް ނުވެސް ބަލާ ކަމަށް ވެސް ބުންޏެވެ.

ކަންތައް ވަމުން ދިޔައީ ކުރިއަށް ވުރެ ވެސް ގޯސް ކޮށެވެ. އެއް ދުވަހު ލޮރޭން އަށް ބްރިޓްނީ ފެނުން އިރު އޮތީ އަނގައިން ބައިވަރު ލޭ އައިސް، ހޭ ނެތިފައެވެ.

ވަގުތުން އޭނާ ގޯލްޑް ކޯސްޓް ހޮސްޕިޓަލަށް ގެންގޮސް އެކްސްރޭ އެެއް ނެގުމުން، ބެޓެރިބުރި ފެނުނު ކަމަށާއި އެހޮސްޕިޓަލުން ނުވަ ގަޑިއިރުގެ އޮޕަރޭޝަނެއްކޮށް ބެޓެރިބުރި ނެގި ކަމަށް ލޮރޭން ބުންޏެވެ.

ކުއީންސްލޭންޑް ހޮސްޕިޓަލަށް ޓްރާންސްފަރ ކުރީ އިތުރު އޮޕަރޭޝަނެއް ކުރުމަށެވެ. ނަމަވެސް އޭގެ އަށް ދުވަސް ފަހުން ބްރިޓްނީ މިދުނިޔެއަށް އަލްވަދާއު ކިޔެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!