އެމްއެމްޕީއާރްސީ މައްސަލައިގެ ތަހުގީގަށް ނިހާން ކޮމިޝަނަށް ހާޒިރު ކޮށްފި

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރްސީ)ގެ ޚިޔާނާތުގެ މައްސަލައިގެ ތަހުގީގަށް، ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ޙުސައިން މަނިކު، އެސެޓް ރިކަވަރީ ކޮމިޝަނަށް ހާޒިރު ކޮށްފިއެވެ.
އޮންލައިން ނޫސް "ސަން" އިން ބުނެފައިވަނީ، ޕީޕީއެމް ގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރުކަން ވެސް ކުރިން ކޮށްފައިވާ ނިހާން އެކޮމިޝަނަށް ހާޒިރު ކުރިކަން، އެކޮމިޝަންގެ ރައީސް އަހުމަދު އައްސަދު އެނޫހަށް ކަށަވަރު ކޮށްދެއްވާފައިވާ ކަމަަށެވެ.
އެކަމާއި ގުޅޭ އިތުރު ތަފްސީލު އައްސަދު ހާމަ ނުކުރައްވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ވެެރިކަން ބަދަލުވި ފަހުން ނިހާން ވަނީ ޕީޕީއެމް އިން ވަކިވެ، ގާސިމް އިބްރާހިމް ލީޑަރުކަން ކުރައްވާ ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގެންފައެވެ.
އެސެޓް ރިކަވަރީ ކޮމިޝަނަށް ނިހާން ހާޒިރު ކުރެއްވިކަން އައްސަދު ހާމަކޮށްފައިވާއިރު، އިދިކޮޅު ޕީއެންސީ ގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް އެކޮމިޝަނަށް ހާޒިރު ކުރެއްްވި ކަމަށް ބުނެ ވަނީ އަޑުތަކެއް ފެތުރިފައެވެ.
ނަމަވެސް އެވާހަކަތައް ޢަބްދުއްރަޙީމް ވެސް އަދި އައްސަދު ވެސް ވަނީ ދޮގު ކުރައްވާފައެވެ.