ކުޅިވަރު

ރެސިޕީ: ކެޝޫނަޓް ކުކުޅު

ދެން އެމްވީ ، ދެން އޮންލައިން

މިއީ ބައެއްފަހަރު ރެސްޓޯރަންޓްތަކަށް ގޮސް އަހަރުމެން އޯޑަރުކޮށް އުޅޭ އެއްޗެކެވެ. ނަމަވެސް ހަގީގަތުގައި މިއީ ގޭގައިވެސް ފަސޭހައިން ތައްޔާރު ކޮށްލެވިދާނެ އެއްޗެކެވެ. ގިނަ ބަޔަކު ކާން އަންނަ ދުވަހަކު މީތި ތައްޔާރުކޮށްލަން ވަރަށް ރަނގަޅު ވެދާނެއެވެ.

Ads by STELCO

މި ރެސެޕީއިން ތައްޔާރު ކުރެވޭނީ: 4 - 6 މީހުންނަށް ވާވަރަށެވެ.

ބޭނުންވާތަކެތި:

  • 500 ގްރާމް ޗިކަން ބްރެސްޓް (ހަންގަނޑު ނުލއި)
  • 3 ބެލް ޕެޕަރ
  • 1 ކެރެޓު
  • ¼ ޖޯޑު ސޮޔާ ސޯސް
  • ¼ ޖޯޑު ޗިކަން ސްޓޮކް
  • 5 ތޮޅި މިރުސް (ނޫނީ ބޭނުން ވަރަކަށް)
  • 1 ޖޯޑު ކެޝޫ ނަޓްސް
  • 1 ފިޔާ
  • 4 ލޮނުމެދު
  • 3 މޭޒުމަތީ ސަމުސާ ތެޔޮ
  • 1/3 ލުނބޯ

ހަދާނެ ގޮތް:

  1. ފިޔާކޮޅު، ގާތްގަނޑަކަށް ފޮއްޗެއްގައި އިންޗިއެއްހާ ފުޅާމިން ހުންނާނެ ވަރަށް ކޮށާލާށެވެ. އަދި ލޮނުމެދާއި މިރުސްކޮޅުވެސް ކުދިކޮށް ކޮށާލާށެވެ.
  2. ކުކުޅުކޮޅު ވެސް ކޮށާލާށެވެ. ކޮށާނީ 1 އިންޗީގެ ގޮޅިތަކެއްގެ ބައްޓަމަށެވެ.
  3. ކެރެޓާއި ބެލްޕެޕަރތައްވެސް ކޮށާލާށެވެ. ފުޅާމިނުގައި 1 އިންޗި އަދި ދިގުމިނުގައި 2 އިންޗި ހުންނާނެ ގޮތަށެވެ.
  4. ބޮޑު ތެއްޔެއް އުދައި އޭގެ ތެރެއަށް މޭޒުމަތީ ސަމުސަލެއްގެ ތެޔޮކޮޅެއް އަޅާލާށެވެ.
  5. ތެޔޮކޮޅު ހޫނުވުމުން ކެޝޫ ނަޓްތައް އަޅާލައި، އެއަށް ރަން މުށި ކުލައެއް އަރަންދެން ދޭތެރެ ދޭތެރެއިން ހަލާލަމުން ކައްކާށެވެ. އެނދިޔަ ނުދެއްޗެވެ. ރަނގަޅަށް ކުލަ އެރުމުން ތައްޓަކަށް ނަގާށެވެ.
  6. މެދުމިންވަރެއްގައި ގިނި ބެހެއްޓުމަށްފަހު ތަވަޔަށް ބާކީ ހުރި ތެޔޮކޮޅު އަޅާލައި އެ ރަނގަޅަށް ހޫނުވުމުން ކުކުޅުކޮޅު އޭގެ ތެރެއަށް އަޅާލާށެވެ. އަދި ކުކުޅުކޮޅުގެ ފިޔާތޮށިކަން ކެނޑި ބޭރުފުށަށް މުށިކުލަ އަރަން ފަށަންދެން ކައްކާށެވެ. ދޭތެރެ ދޭތެރެއިން ފުށުން ޖަހާލާށެވެ.
  7. ކުކުޅު ކެކުމުން ފިޔާކޮޅު އަޅާލައި ފިޔާކޮޅު މަޑުވަންދެން ކައްކާށެވެ. އެނދިޔަ ނުދިނުމަށްޓަކައި ދޭތެރެއަކުން ހަލާލަން ވާނެއެވެ. ދެން ލޮނުމެދުކޮޅު އަޅާލާފައި ތިރީހަކަށް ސިކުންތު ކައްކާލާށެވެ.
  8. ގިނި ގަދަކޮށްލުމަށްފަހު، ބާކީ ހުރި ހުރިހާ އެއްޗެއް އަޅާލާށެވެ. ސޯސް ގަނޑު އޮލަ ކޮށްލަން ބޭނުންނަމަ 2 ސައިސަމުސަލެއްގެ ކޯންފްލާ ކޮޅެއްވެސް އަޅާލެވިދާނެއެވެ.
  9. ދެން ނިކަން އަވަސް އަވަހަށް ދޭފަތުން ހަލަމުން ދެތިން މިނިޓެއް ވަންދެން ކައްކާލާށެވެ. ރަހަ ހެޔޮވަރު ވާވަރަށް ލުނބޯ ހުތްކޮޅު ފިތާލާ ހުރިހާ އެއްޗެއް އެއްކޮށްލާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!