Sunday, 1 November 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

ރައީީސް ޔާމީނަށް ވެރިކަން ލިބިވަޑައިގަތުމުން، ޗާގޯސް ހޯދުމުގެ މަސައްކަތް ފައްޓަވާނެ: ޝުޖާޢު

ރައީީސް ޔާމީނަށް ވެރިކަން ލިބިވަޑައިގަތުމުން، ޗާގޯސް ހޯދުމުގެ މަސައްކަތް ފައްޓަވާނެ: ޝުޖާޢު

ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ނިމުމަކަށް ގެނެސް، އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްޤައްޔޫމަށް ވެރިކަން ލިބިވަޑައިގަތުމުން، ޗާގޯސް ހޯދުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް، އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޝުޖާޢު ވިދާޅުވީ، ފޯޅަވަހި މައްސަލައިގެ ހަޤީޤަތް ހާމަ ކުރުމުގައި ރާއްޖޭގެ މީޑިއާތަކުގެ ޒިންމާ ވަރަށް ބޮޑު ކަމަށާއި، މީޑިއާތައް ރައީސް ޞާލިޙުގެ ޖީބުން ބޭރުވާން ޖެހޭ ކަމަށެވެ.
"ޤައުމުގެ އެއްބައި ގެއްލިގެން މި އުޅެނީ. އެހެންވީމަ، މިކަމުގަ ހުރިހާ ނޫސްތަކަށް އަޅުގަނޑުމެން ހަމަ ދަންނަވާލަން ބޭނުން އިިޙްތިރާމާ އެކީގަ، މިކަމުގަ ތިބޭފުޅުން ދިވެހި ރައްޔިތުންގެ ފަޅީގަ ތިއްބަވާށޭ."
ޝުޖާޢު އިތުރަށް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ ފުރަތަމަވެސް ކުރައްވާނެ ކަމަކީ ޗާގޯސް ހޯދުން ކަމުގައެވެ. ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހަޅާފައިވާ މައްސަލަ ވަނީ ދިވެހި ސަރުކާރުން ބޭނުންވި ގޮތަށް ނިމިފައެވެ. މައްސަލަ ނިމުމާއެކު ފުށުއަރާ ކަނޑުގެ ސަރަހައްދުން 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް ލިބިގެން ދިޔައިރު، މޮރިޝަސްއަށް ލިބުނީ 45،331 އަކަކިލޯމީޓަރެވެ. އިޓްލޮސްގެ މި ނިންމުމާއެކު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން 45،000 އަކަ ކިލޯމީޓަރު ގެއްލި، މަސްވެރިންނަށް ކުރިން ދެވުނު ހިސާބަށް ނުދެވޭނެ ކަމަށް ބުނެ، ސަރުކާރާ އިދިކޮޅު ފަރާތްތަކުން އަންނަނީ ފާޑު ކިޔަމުންނެވެ. މި މައްސަލާގައި ސަރުކާރުގެ ސްޓޭންޑް ބަދަލުކުރި ކަން އަންގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ފޮނުއްވި ސިޓީ ސަރުކާރުން ހާމަކޮށްފައި ުނުވާއިރު، އިދިކޮޅު ޕީޕީއެމްގެ ވެރިކަމެއްގައި އެ ސިޓީ ހާމަ ކުރާނެ ކަމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅުން ވަނީ ބުނެފައެވެ.  

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް