ޚަބަރު

ކޯލިޝަން ހަދައިގެން ސަރުކާރު ހިންގާ މައްސަލަ ސުޕްރީމް ކޯޓަށް ވައްދާނަން: ޖާބިރު

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޯލިޝަން ސަރުކާރެއް ހިންގަވާ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

Ads by STELCO

އަދި ކޯލިޝަން ސަރުކާރަކީ ގާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށާއި އެކަން އެ ކުރަނީ ގާނޫނުއަސާސީގެ ކޮން މާއްދާއަކާ ހަވާލާދީ ކަން ބަލަން ބޭނުންވާ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

"މިއީ ޝެއާ އަޅައިގެން އުޅޭ ސަރުކާރެކޭ. އެއީ ގާނޫނުއަސާސީގެ ކޮން މާއްދާއަކުންތޯ ކޯލިޝަން ހަދައިގެން އުޅެނީ؟ ރައީސް މިއީ ވަރަށް ބޮޑު ނިޒާމީ މައްސަލައެއް. އަޅުގަނޑު އިންނާނެ އިއްޒަތްތެރި ރައީސް އަރިހަށް ރިކުއެސްޓެއް ފޮނުވާފަ. ކޮން މާއްދާއެއްގެ ދަށުން ކޯލިޝަން ހަދައިގެންތޯ އިބްރާހިމް މުހައްމަދު ސޯލިހު ގާނޫނާ ހިލާފަށް ސަރުކާރު ހިންގަނީ. ދެން ބުރާސްފަތި ދުވަހު އަޅުގަނޑު ސުޕްރީމްކޯޓަށް ދާނަން،" ޖާބިރު ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހަޅުއްވާނެ ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!