މަސްދޯނި މައްސަލައިގައި ހައްޔަރުކުރި މީހުން ދޫކޮށްލައިފި

ތޫނު އެއްޗެއްސާއެކު މަސް ދޯންޏަކަށް އަރާ، އޭގައި ތިބި މީހުންނަަށް ބިރު ދައްކާ ދޯނި ހައިޖެކް ކުރި މައްސަލައިގައި ބަންދު ކުރި ތިން މީހުން ދޫކޮށްލައިފިއެވެ.
ލ. އަތޮޅު ވަޑިނޮޅުގައި އޮތް މަސްދޯންޏަކަށް ތޫނު އެއްޗިއްސާއެކު އެރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން ތިން މީހަކު ރޭ ގެ ވަގުތެއްގައި ހައްޔަރު ކޮށްފައިވާ ކަަމަށް މިއަދު ފުލުހުން ވިދާޅުވެފައި ވެއެވެ. އެއީ 25 އަހަރުގެ ދެ ފިރިހެނުންނާއި 22 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
ނަމަވެސް މިރޭ ފުލުހުން ވިދާޅުވީ އެމައްސަލައިގައި ހައްޔަރު ކުރި ތިން މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަަށް ކޯޓަށް ހާޒިރު ކުރުމުން އެމީހުން ދޫކޮށްލާފައިވާ ކަމަށެވެ.
ވަޑިނޮޅި ކައިރީ އެން ހިފަން އުޅެނިކޮށް ތޫނު އެއްޗެއްސާ އެކު އަރާފައި ވަނީ ސ. ހިތަދޫ "ފަސްކުރި" ދޯންޏަށެވެ. މި ދޯންޏަކީ މީގެ ދެ އަހަރު ކުރިން ލ.ގަމު މީހަކު ޔޮޓް ޓުއާސްއަށް 7 މިލިއަން ރުފިޔާއަށް ވިއްކާފައިވާ ދޯންޏެކެވެ.