ޚަބަރު

ފަނޑިޔާރުގެ ކޮރަޕްޝަންގެ އައްޑާއަކަށް ހެދީ ރައީސް ޔާމީން: ރައީސް ނަޝީދު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
ފޮޓޯ: އަވަސް

ފަނޑިޔާރުގެ ކޮރަޕްޝަންގެ އައްޑާއަކަށް ބަދަލުކުރީ ކުރީގެ ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން  ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ޖުޑިޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) އިޞްލާޙު ކުރުމަށް އިދިކޮޅުން ހުށައެޅި ބިލު، ބަހުސް ކުރުމެއްނެތި އެމްޑީޕީން ބޭރުކޮށްލުމާ ގުޅިގެން އިދިކޮޅުން ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.

އެގޮތުން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ ބަނގުރޫޓްކޮށް، ފަނޑިޔާރުގެ ކޮރަޕްޝަންގެ އައްޑާއަކަށް ބަދަލުކުރީ ރައީސް ޔާމީންގެ ލަފަޔާ އިރުޝާދާއި ބައިވެރިވުމުގެ ދަށުން ކަން ދިވެހިންނަށް ހަމަ ރަނގަޅަށް އެނގޭ ކަމަށެވެ.

"ޕީޕީއެމްގެ ވެރިކަމުގައި ކަންވީގޮތް ރައްޔިތުންނަށް މާ ބޮޑަށް ވެސް އެނގޭ" ނަޝީދުގެ ޓްވީޓުގައި ވިދާޅުވިއެވެ.

ޖޭއެސްސީ އުފެދިފައިވާ ގޮތް ބަދަލުކޮށް އަދުލު އިންސާފް ގާއިމު ކުރުމަކީ އެމްޑީޕީގެ އެންމެ ބޮޑު އެއް ވައުދެވެ. ނަމަވެސް ރައްޔިތުންގެ މަޖީހުގެ ސުޕަރ މެޖޯރިޓީ ލިބި ، އެ ބަދަލުތައް ގެނައުމަށް އެ ޕާޓީއަށް ފުރުސަތު ލިބުނު ނަމަވެސް އެކަމާ އިހުމާލުވުމުން ގިނަ ބައެއްގެ ފާޑު ކިޔުން އެޕާޓީއަށް ދަނީ އަމާޒު ވަމުންނެވެ.

ޖޭއެސްސީ އިސްލާހު ކުރުމަށް ޓަކައި ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގު ޤާނޫނުއަސާސީއަށް ހުށަހެޅުއްވި އިސްލާހު ބަލައިގަތުމަށް މިއަދު ވޯޓަށް އެހުމުން އެއްކޮޅަށް ވޯޓު ދެއްވީ 13 މެމްބަރުންނެވެ. އަދި އެ ބިލަށް އެމްޑީޕީގެ މެމްބަރުން ދެކޮޅު ހަދާ 50 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!