ދުނިޔެ

މޫސުން ގޯސްވުމަކުން މިދެމީހުންގެ ކައިވެންޏެއް ނުހުއްޓުނު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ފިލިޕީންސް އަށް ކުރަމުންދިޔަ ވިއްސާރައިގައި މަގުތަކުގައި ފެންބޮޑުވެ، އެތައް ބަޔަކަށް ހިނގާ ބިނގާވެ އުޅުމަށް ވަނީ ދަތިވެފައެވެ.

Ads by Sosun Fihaara

ނަމަވެސް ރޮނިލް ގުލިޕާ އާއި ޖެޒިއެލް މާސުއެލާ އެކަން މާބޮޑު ކަމަކަށް ނުވިއެވެ. މިއަދަކީ އެދެމީހުން ކައިވެނި ކުރަން ހަމަޖެހިފައިވާ ދުވަސްކަމުން، ވިއްސާރައިގައި ތެމި ފޯވެގެން ވެސް، ފެން ބޮޑު ވެފައިވާ މަގުތަކުގައި ހެދުން އަރުވާ ޖަހައިގެން ވެސް އެމީހުން ބޭނުންވީ ކައިވެނި ކުރަން އޮތް ވަގުތު، ޗާޗަށް ދާށެވެ. އަވަހަށް ކައިވެނި ކުރާށެވެ.

"ފިލިޕިންސް ސްޓާ" ގައި ބުނެފައިވަނީ ރޮނިލް އާއި ޖެޒިއެލް، ވާރޭގައި ތެމި ފޯވެގެން ކައިވެނި ކުރަން ދިޔައީ ކައިވެނީގެ ހެދުން ލައިގެން ކަމަަށެވެ.

ވާރޭ ގަނޑުގައި ޖެހި، ރޮނިލް އާއި ޖެޒިއެލް ކައިވެނި ކުރަން ގޮސްފައިވާއިރު، އެމީހުންގެ ފަހަތުން އެދެމީހުންގެ މައިންބަފައިންނާއި ގާތް އެކުވެރިން ވެސް ވަނީ އެދެމީހުންގެ ކައިވެނީގެ ހަފްލާއަށް ގޮސްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!