ލައިފްސްޓައިލް

މި މީހާގެ ބޫޓުން ފެނުނީ ކޯއްޗެއްކަން އެނގޭތަ؟

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ފިލިޕިންސްގެ އެއަރޕޯޓުން ހިފެހެއްޓި މީހެއްގެ ބޫޓު ތެރެއިން ގިނަ އަދަދެއްގެ "ޓެރަންޓުލާ" ތަކެއް ފެނިއްޖެއެވެ. ޓެރެންޓިއުލާ އަކީ ފައިދިގު މަކުނުގެ ބާވަތެކެވެ. ކެހެރި ގިނަ މަކުނު ތަކެކެވެ.

Ads by Sosun Fihaara

ބޭރުގެ މީޑިއާ ތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެއަރޕޯޓުގެ ކަސްޓަމްސް އިން ބެލި ބެލުމުގައި އެހެން ޒާތަކަށް ބަންދު ކޮށްފައި ހުރި ޕާރަސަލް އެއް ފެނުމުން ކެނޑިއިރު އެ ޕެކޭޖު ތެރޭގައި އޮތީ ބޫޓެއް ފެނުނެވެ. އަދި އެ ބޫޓު ތެރެއިން 117 ދިރޭ މަކުނު ފެނިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

މި މަކުނަކީ ހިމާޔަތް ކުރެވިފައިވާ މަކުނެއް ކަމަށާއި، މިމީހާ މި މަކުނު ހިފައިގެން ގައުމަށް އެތެރެވާން އުޅުނު ކަމުގެ ތުހުމަތުގައި، 6 މަހާއި 1 އަހަރުގެ ދުވަހަކަށް ޖަލު ބަންދުގެ ހުކުމެއް އަންނާނެ ކަމަށް ވެސް ކަސްޓަމްސް އިން ބުނެފައި ވެއެވެ. ހަމައެހެންމެ މިކަމަށް ޖޫރިމަނާ ވެސް ކުރެވޭ ކަމަށް ބުނެފައި ވެއެވެ.

ބޫޓު ތެރޭގައި ކުދި ރަބަރު ތަކެއްގެ ތެރެއަށް ލުމަށް ފަހު 117 މަކުނު ވެސް ވަނީ ބަންދު ކޮށްފައެވެ. އެހެން ނަމަވެސް މިހާރު އެ މަކުނުތައް ވަނީ ޖަނަވާރުންނާ ބެހޭ ބަޔަކާ ހަވާލު ކޮށްފައެވެ. އަދި މި މައްސަލަ މިހާރު އަންނަނީ އިތުރަށް ބަލަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!