ނޭހާ ކައްކަރުގެ ކައިވެނި: ގިނަ ތަރިންތަކެއް ކޮޕީކޮށް، ބޮޑު ޖޯކަކަށް؟

ބޮލީވުޑްގައި ފާއިތުވި ހަފްތާގެ ތެރޭގައި އެންމެ ގިނަ އަށް ދެކެވުނު އެއް ވާހަކައަކީ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އިންޑިއަން އައިޑަލްގެ ޖަޖް ނޭހާ ކައްކަރުގެ ކައިވެނި ހަބަރަށެވެ. ނޭހާ އޭނާގެ ލޯބިވެރިޔާ ޕަންޖާބީ ފަންނާނު ރޯހަން ޕްރީތު ސިންގް އާއި ކައިވެނި ކޮށްފައިވާއިރު، ކައިވެނީގެ ދެ ހަފްލާއެއް ވަނީ ބާއްވާފައެވެ.
ކައިވެނީގެ ހަފްލާތަކުގެ ފޮޓޯތައް މިހާރު އާންމުކުރަމުން އަންނައިރު، ގިނަ ބައެއްގެ ލޮލުގައި ނޭހާގެ ކައިވެނީގެ ފުރިހަމަ ކަމުގެ އިތުރުން ވެސް އިތުރު ކަމެއް ވަނީ އަޅައިގެންފައެވެ.
ގިނަ ބަޔަކު ބުނާ ގޮތުގައި ނޭހާ ވަނީ އޭނާގެ ކައިވެނީގެ ގިނަ ކަންކަމުގައި ބޮލީވުޑު ގިނަ ތަރިންގެ ކައިވެނި ކޮޕީކުރަން މަސައްކަތްކޮށްފައެވެ. އެގޮތުން ލައިގެން ހުރި ހެދުމުގެ އިތުރުން ފޮޓޯއަށް ހުރި ޕޯސްތައް ވެސް ބޮލީވުޑު ބައެއް ތަރިން ކަމަށްވާ އަނުޝްކާ ޝަރްމާ، ދީޕިކާ ޕަދުކޯން އަދި ޕްރިޔަންކާ ޗޯޕްރާގެ ކައިވެނި ކޮޕީ ކުރުމަށް ނޭހާ ވަނީ މަސައްކަތް ކޮށްފައެވެ.

ނޭހާގެ ކައިވެނީގެ އެއް ހަފްލާގެ ފޮޓޯތައް އޭނާ މީސް މީޑީއާގައި ހިއްސާކުރިއިރު، ގިނަ ބަޔަކު ވަނީ ފިޔާތޮށި ކުލައިގެ އެ ލެހެނގާ ހެދުމުގައި ނޭހާ އަނުޝްކާގެ ކައިވެނީގެ ހެދުން ކޮޕީ ކުރަން މަސައްކަތް ކޮށްފައިވާ ކަން ފާހަގަކޮށްފައެވެ. އަދި ހެދުމުގެ އިތުރުން ނޭހާ އާއި ރޯހަން ޕްރީތު ހުއްޓިގެން ހުރި ފޮޓޯގެ ޕޯޒް ވެސް އަނުޝްކާ އާއި ވިރާޓްގެ ކައިވެނި ފޮޓޯތަކާއި ވައްތަރުކަން ގިނަ ބަޔަކު ފާހަގަކުރިއެވެ.

ނޭހާ ބުނެފައިވާ ގޮތުގައި ފިޔާތޮށި ކުލައިގެ އެ ސަބްޔާސީ ބްރޭންޑުގެ ލެހެނގާ ހެދުމަކީ ސަބްޔާޝީ މުޚަރުޖީ އަމިއްލައަށް އޭނާ އަށް ހަދިޔާކުރި ހެދުމެކެވެ. އަނުޝްކާގެ ކައިވެނީގެ ލެހެނގާ އަކީ ވެސް ސަބްޔާޝީ ބްރޭންޑުގެ ހެދުމެކެވެ.

މީގެ އިތުރުން ވެސް ނޭހާ ކައިވެނިކުރި ރޭ ލައިގެން ހުރި ރަތްކުލައިގެ ލެހެނގާ ހެދުން، ޕްރިޔަންކާގެ ކައިވެނި ހެދުމާއި އެއްގޮތް ކަން ވެސް ވަނީ ފާޑުކިޔުންތެރިން ފާހަގަކޮށްފައެވެ. އަދި ނޭހާ ނަގާފައިވާ ފޮޓޯތަކާއި ޕްރިޔަންކާ ނަގާފައިވާ ކައިވެނި ފޮޓޯތަކުން ވެސް ވައްތަރުކަން ފެނިގެންދެއެވެ.

މިކަންކަން ފާހަގަވުމާއެކު، ނޭހާ ކައްކަރުގެ ފުރިހަމަ މި ވެޑިން އިންޓަނެޓް ޓްރޯލްއަކަށް ވެގެން ގޮސްފައެވެ.
ޓައިމްސް އޮފް އިންޑިއާ ކޮޕީކޮށް ލިޔެފައިވާ ހަބަރެއް
ދިވެހި ނޫސްވެރިން ކްރެޑިޓް ނުދެނީ ކީއްވެބާ؟