ލައިފްސްޓައިލް

މީހަކު ދޮގުހަދާކަަން ދެނެގަންނާނީ ކިހިނެއް؟

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ދެމީހަކު ނުވަތަ ދެރައްޓެއްސެއް ވާހަކަ ދައްކަމުން ގެންދާއިރުގައި، ދޮގު ހެދުމަކީ އާންމު ކަމެކެވެ. އަދި އެމީހާ އެ ހެދީ ދޮގުކަން ފާހަގަ ކުރަން ނޭނގޭ މީހުން ވެސް އުޅެއެވެ. އެހެންވުމުގެ ސަބަބުން އެމީހާ އުޅެން ޖެހެނީ އަނދިރިކަމެއްގެ ތެރޭގައެވެ.

Ads by STELCO

އެހެންކަމުން ތިބާއާ ވާހަކަ ދައްކާ މީހާ އެ ހަދަނީ ދޮގުތޯ ދެނެގަތުމަކީ މުހިންމު ކަމެކެވެ. އެކަމަށް މަގު ފަހިވާނެ ބައެއް ގޮތްތައް ކިޔައިދެވޭތޯ މަސައްކަތް ކުރާނަމެވެ. އެގޮތުން، ދެމީހަކު ވާހަކަ ދައްކާއިރުގައި ނޫނީ ސުވާލަކަށް ޖަވާބެއް ދޭއިރުގައި، ލޮލާ ލޯ ދިމާނުވާ ކަމުގައިވަނީ ނަމަ އެ ހަދަނީ ދޮގެއް ކަމުގައި ވުން އެކަށީގެން ވެއެވެ. އެހެންކަމަށް ވާނަމަ އޭނަ ތެދު ހަދާއިރުގައި ވާހަކަ ދައްކާ ގޮތާއި ދޮގު ހަދާއިރު ވާހަކަ ދައްކާ ގޮތް ވަރަށް ބޮޑަށް ބަދަލުވެގެން ދެއެވެ.

ވާހަކަދައްކާއިރުގައި އަޅައަޅައިގެން ވާހަކަ ދެއްކުމަކީ ވަރަށް ނުވާނެ ކަމެކެވެ. ޚާއްސަކޮށް އެއީ ތިމާގެ ގާތް ރަހުމަތްތެރިއެއް ނަމައެވެ. އެހެން ނަމަވެސް ކުރާ ސުވާލަށް ޖަވާބު ދިނުމުގައި މެދުކެނޑެމުން އަދި ވަރަށް ކޮށިކޮށް ޖަވާބު ދިނުމަކީ އެއީ ދޮގު ހަދާކަމުގެ ހެއްކެކެވެ. އެހެން ކަމަށް ވާނަަމަ އޭނާ އެހަދަނީ ދޮގުކަން ނޫނީ ތެދުކަން ދެނެ ގަންނަން ދަސްވާނެއެވެ.

މިކަމަކީ ވަކި ޢިލްމެއް ހާސިލު ކޮށްގެން އެނގޭ ކަމެއް ނޫނެވެ. އެހެން ނަމަވެސް މީހެއްގެ މިޒާޖަށް އައިސްފައިވާ ބަދަލުތަކަށް ރިޢާޔަތް ކޮށް އެމީހާ އެހަދަނީ ދޮގު ނުވަތަ ތެދުކަން ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!