ލ. ގަމުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ލ. ގަމު މުކުރިމަގުގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް، އެމަގުގައި ޕާކު ކޮށްފައި އޮތް ޕިކަޕެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މުކުރިމަގު، ލިންކް ރޯޑުން ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ޕާކު ކޮށްފައި އޮތް ޕިކަޕެއްގެ ފަހަތުގައި ޖެހި އެކްސިޑެންޓު ވެފައިވާ ކަމުގެ މައުލޫމާތު 21:30 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މިއެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށާއި، އޭނާއަށް ގަމު ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ވިދާޅުވެފައި ވެއެވެ.
މިއެކްސިޑެންޓުގައި އަނިޔާ ވެފައިވަނީ އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
މިހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.