ދުނިޔެ

ތުރުކީއަށް ބާރުގަދަ ބިންހެލުމަކާއެކު ސުނާމީއެއް އަރައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ތުރުކީއަށް 7.0 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމަކާއެކު ސުނާމީއެއް އަރައިފިއެވެ.

Ads by WAMCO

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި މިބާރުގަދަ ބިންހެލުމުގެ އަސަރު ގްރީސް އަށް ވެސް ވަނީ ކޮށްފައެވެ.

މިބިންހެލުމުގެ ސަބަބުން ސުނާމީ އެއް އަރާފައިވާއިރު، ތުރުކީގެ ބައެއް އިމާރާތްތައް ވެސް ވަނީ ވެއްޓިފައެވެ.

މިކާރިސާގެ ބައެއް ވީޑިއޯތައް މިހާރު މީސްމީޑިއާ ގައި ދައުރުވަމުން ގޮސްފައިވާއިރު، އެއް ވީޑިއޯއިން ފެންނަނީ ބޮޑު ރާޅެއް އެޤައުމުގެ މަގުތަކަށް ބީއްސާ މަންޒަރެވެ.

ތުރުކީއަށް އެރި ސުނާމީ ގެ ސަބަބުން އެޤައުމުގެ ތިންވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ އިޒްމިރްގައި ފެންބޮޑުވެފައިވާ މަންޒަރު ފެނެއެވެ.

މީޑިއާ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި، އަޖިއަން ކަނޑަށް އައިސްފައިވާ މި ބިންހެލުމުގެ އަސަރު 14 ކިލޯމީޓަރު ދުރަށް ކޮށްފައިވެއެވެ.މި ބިންހެލުމުގެ އަސަރު އިރުމަތީ ގްރީކް އައިލެންޑްސްގެ ބޮޑު ސަރަޙައްދަކަށް ވެސް ކޮށްފައިވާއިރު، އަލްޖަޒީރާއާއި ވާހަކަ ދައްކަމުން އެތެންސްގެ ސްކޫލް ކައުސެލިންގެ ކޯޑިނޭޓަރެއް ކަމަށްވާ އެނާ މަކްރިސް ބުނީ މީގެ ކުރިން ވެސް އެސަރަޙައްދަށް ބިން ހެލުމުގެ އަސަރުކުރާ ކަމަށާއި، ނަމަވެސް މިހާ ގިނައިރު ވަންދެން އޭގެ އަސަރުކުރި ބިންހެލުމެއް އަދި މިހާތަނަށް އޭނާގެ ހަނދާނުގައި ނާންނަ ކަމަށެވެ.

ޖީއެމްޓީ ގަޑިން މިއަދު 11:50 ހާއިރު އައި މިބިން ހެލުމުގެ ސަބަބުން ގާތްގަނޑަކަށް 20 ވަރަކަށް އިމާރާތް ހަލާކުވެފައި ވާނެކަމަށް ތުރުކީ ސިޓީގެ މޭޔަރ ވަނީ ވިދާޅުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!