މުނިފޫހިފިލުވުން

ކިމްގެ އުފަން ދުވަހު ކަންޔޭ ދިނީ ތަފާތު ހަދިޔާއެއް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެމެރިކާގެ ރިއަލިޓީ ޓީވީ ސްޓާރ ކިމް ކާޑޭޝިއަންގެ 40 ވަނަ އުފަން ދުވަހަށް، ވަރަށް އާދަޔާ ޚިލާފު އަދި އެހާމެ ހަނދާނުން ފުހެވިގެން ނުދާނެ ހަދިޔާއެއް ލިބިއްޖެއެވެ.

Ads by STELCO

ކިމް އަށް އުފަންދުވަހުގެ ހަދިޔާއަކަށް ކަންޔޭ ވެސްޓް ދިނީ، ކިމްގެ ބައްޕަގެ ހޮލޮގްރާމެކެވެ. ކިމްގެ ބައްޕަ މަރުވެފައިވާތީ، މިހަދިޔާ ވެގެންދިޔައީ ވަރަށް ވެސް އުފާވެރި އަދި އެހާމެ ޚާއްސަ ހަދިޔާއަކަށެވެ.

ބޭރުގެ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި އެހޮލޮގްރާމުން ފެންނަނީ، ކިމް އާއިމެދު އޭނަގެ ބައްޕަ ފަޚުރުވެރިވާ ކަމަށް ބުނާ މަންޒަރެވެ.

ކަންޔޭ މިހަދިޔާ ދޭން ތައްޔާރުކުރި ގޮތަކާއި އިތުރު މައުލޫމާތެއް އެރިޕޯޓަކު ލިޔެފައެއް ނުވެއެވެ.

ކިމްގެ އުފަންދުވަސް ފާހަގަ ކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު ޕްރައިވެޓް ރަށެއްގައެވެ. އެޕާޓީއަށް ދިޔަ އެންމެންވެސް ތިބީ މާސްކު ނާޅާ ކަމަށް ވެސް ރިޕޯޓުގައި ލިޔެފައިވެއެވެ.

ނަމަވެސް އެކަމާއި ކިމް ބުނެފައިވަނީ އެޕާޓީއަށް ދިޔަ އެންމެންނަކީ ވެސް ކުރިން ކަރަންޓީނު ވެގެންތިބެ، ކޮވިޑަށް ނައްސިކަން ކަށަވަރުވުމުން އޭނަގެ ޚަރަދުގައި ވަކިން ފްލައިޓެއްގައި ދިޔަ މީހުން ކަމަށެވެ. އެހެންކަމުން މާސްކު ނޭޅިޔަސް، ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާކަމަށް ވެސް ކިމް ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!