ޚަބަރު

މިސަރުކާރަށް "ނަސްރުގެ ދުވަސް" ފާހަގަ ކުރާކަށް ނުކެރޭނެ: ޝުޖާއު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

1988ގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ބާޣީން އަރާ، ދިން އުދުވާނީ ހަމަލާ ނާކާމިޔާބުކޮށް ދިވެހިން ހޯދި ނަސްރާ ގުޅިގެން ފާހަގަކުރާ "ނަސްރުގެ ދުވަސް" ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރަށް ފާހަގަ ކުރާކަށް ނުކެރޭނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝުޖާއު ވިދާޅުވީ އެދުވަސް ފާހަގަ ކުރުމަކީ "އެމްޑީޕީގެ ސަރުކާރަކަށް ކުރަން ހެޔޮވާވަރުގެ ކަމަކަށް ނުވާތީ" ކަމަށެވެ.

ނަމަވެސް އިދިކޮޅު ކޯލުޝަންގެ ފަރާތުން މިޚާއްސަ ދުވަސް ފާހަގަ ކުރަން ނިންމާފައިވާ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

އެގޮތުން އިދިކޮޅު ކޯލިޝަނުން މިދުވަސް އަނެއްކާވެސް ފާހަގަ ކުރާނީ "ބަޑި ބުރާސްފަތި" ގެ ނަމުގައި ކަމަށާއި މިއަހަރުގެ 3 ނޮވެމްބަރުވާ އަންގާރަ ދުވަހުގެ ރޭ 8:00 ގައި ވަރަށް ޚާއްސަ ޖަލްސާއެއް ކާނިވާ ސަރަޙަައްދުގައި އޮންނާނެ ކަމަށް ވެސް ޝުޖާއު ވިދާޅުވެފައިވެއެވެ.

ދިވެހި ފަސްގަނޑުދެކެ ލޯބިވާ ހުރިހާ ރައްޔިތުން ޤައުމީ ދިދަ ހިފައިގެން މިޚާއްސަ ޖަލްސާއަށް ވަޑައިގަތުމަށް ވެސް ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ޝުޖާއު އެދިލައްވާފައިވެއެވެ.

"މިކަމާއި ގުޅޭގޮތުން ކަމާއި ބެހޭ ހުރިހާ ވުޒާރާތަކަށް މިކަމުގެ ހުއްދަ ހޯދުމަށްޓަކައި އަޅުގަނޑުމެން ކޮށް އަޅުގަނޑުމެން ވާނީ ސިޓީ ފޮނުވާފަ ކާނިވާ ސަރަޙައްދު ގައި ޖަލްސާ ބޭއްވުމަށް. އަދި ހަމަ އެހެންމެ އެޗްޕީއޭ އަށް އަޅުގަނޑުމެން ވާނީ ލިޔުމުން ރިކުއެސްޓު ކޮށްފަ، އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް ބޭއްވުމުގެ ހުއްދައަށް އަޅުގަނޑުމެން ވާނީ އެދިފަ" ޝުޖާއު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!