ދުނިޔެ

މީހެއްގެ ލޮލުން 20 ދިރޭ ފަނި ނަގައިފި!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ޗައިނާގެ އަވަށެއް ކަމަށްވާ "ސޫޒޯ" ގައި ދިރިއުޅެމުން އައި 60 އަހަރުގެ ފިރިހެނެއްގެ ލޮލުން 20 ދިރޭ ފަނި ނަގައިފިއެވެ.

Ads by Sosun Fihaara

ސޫޒޯގެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޑޮކްޓަރުން ބޭރުގެ މީޑީއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، އޭނާ ހޮސްޕިޓަލުގައި އެޑްމިޓު ކުރި ހިސާބުން ވެސް ކަނާތު ލޮލަށް ތަދުވާތީ އުޅުނު ކަމަށެވެ. އެހެން ނަމަވެސް މިމީހާ ހޮސްޕިޓަލުގައި އެނދުމަތި ކުރެވިފައި ވަނީ އެކަމުގެ ސަބަބުން ނޫން ކަމަށާއި، ބަނޑުގެ އޮޕަރޭޝަނެއް ކުރަން ކަމަށް ވެސް ޑޮކްޓަރުން މައުލޫމާތު ދެއެވެ.

އެހެން ނަމަވެސް އެނދުމަތި ކުރުމަށް ފަހު މާބޮޑަށް ކަނާތު ލޮލުގައި ރިއްސާ ކަމަށް އެމީހާ ބުނުމުގެ ސަބަބުން އެކަމަށް ޓެސްޓު ހެދިކަމަށާއި، ޓެސްޓު ހަދައިގެން ބެލި ބެލުމުގައި މަދުވެގެން ދިރޭ 20 ފަނި ކަނާތު ލޮލުގެ ތެރެއިން ފެނިފައިވާ ކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ.

މިހާރު މި ފަނިތައް އޮޕަރޭޝަން ކޮށްގެން ނަގާފައިވާއިރު، އާންމުކޮށް އެގޮތަށް ފަނި އުފެދުމަށް ގާތްގަނޑަކަށް 15 އާއި 20 ދުވަހުގެ މުއްދަތެއް ނަގާ ކަމަށާއި، އެފަދަ ފަނި އުފެދުމަށް މެދުވެރި ވާނީ ބުޅާ ނުވަތަ ކުއްތާ ފަދަ ޖަނަވާރުންގެ ޒަރިއްޔާއިން ކަމަށް ވެސް ޑޮކްޓަރުން މައުލޫމާތު ދީފައި ވެއެވެ.

އެހެން ނަމަވެސް މި މީހާ އަކީ އެއްވެސް ވައްތަރެއްގެ ޖަނަވާރެއް ގެންގުޅޭ މީހެއް ނޫން ކަމުން ބޮޑަށް ބެލެވެނީ ބޭރު ތެރޭގައި އުޅޭ އިރުގައި ބޭރުގައި އުޅޭ ބުޅާ ނުވަތަ ކުއްތާ ފަދަ ޖަނަވާރުންގެ ސަބަބުން ވެފައިވާ ކަމެއް ކަމަށް ވެސް ޑޮކްޓަރުން ވަނީ ބުނެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!