ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ދޮންބައްޕައެއް ދ.އަތޮޅުން ހައްޔަރުކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގައި ތުހުމަތުގައި އެކުއްޖާގެ ދޮން ބައްޕަ ހައްޔަރު ކޮށްފިއެވެ. ޖިންސީ ގޯނާ ކޮށްފައިވަނީ އުމުރުން 13 އަހަރުގެ ކުއްޖަކަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި މިކަން ހިނގާފައިވަނީ ދ.އަތޮޅުގެ ރަށެއްގައެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލު ވިދާޅުވީ މ، ފ، އަދި ދ އަތޮޅު ހިމެނޭ ފުލުހުންގެ ސެންޓަރަލް ޑިވިޝަން އިން 13 އަހަރުގެ އަންހެން ކުއްޖަކަށް އިތުބާރުހުރި މަގާމެއްގައި ހުރެ ޖިންސީ ގޯނާ ކުރި މައްސަލާ އެ އިދާރާއަށް މިދިޔަ މަހުގެ 23 ވަނަ ދުވަހު ހުށަހެޅިފައިވާ ކަމަށާއި މިކަމާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރު ކުރެވިފައިވާ ކަމަށެވެ.
މި މައްސަލައިގައި ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 49 އަހަރުގެ ފިިރިހެނެކެވެ.
ފުލުހުން އިތުރަށް ވިދާޅުވީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކަކީ އެ އިދާރާއިން ސީރިއަސް މައްސަލަތަކުގެ ގޮތުގައި ބަލާ ކަންކަން ކަމަށެވެ.