Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މުޒާހަރާނުކޮށް ޙައްޖުމަހުގެ ފުރަތަމަ 10 ދުވަހު އަޅުކަމައިގެން މަސްއޫލުވުން މާހެޔޮ: ޒައިދު

މުޒާހަރާނުކޮށް ޙައްޖުމަހުގެ ފުރަތަމަ 10 ދުވަހު އަޅުކަމައިގެން މަސްއޫލުވުން މާހެޔޮ: ޒައިދު

މަގުމަތި ހަލަބޮލިކުރުމަށްވުރެ ޙައްޖުމަހުގެ ފުރަތަމަ 10 ދުވަހު އަޅުކަމައިގެން މަސްއޫލުވުން މާހެޔޮ ކަމަށް ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު މިފަދައިން ވިދާޅުވީ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ރޭ ކުރިއަށް ގެންދިޔަ އިޙުތިޖާޖުގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރި މައްސަލައެއް ފެންމަތިވެފައިވަނިކޮށެވެ.

އިދިކޮޅު ލީޑަރު، ރައީސް ޔާމީން މިނިވަން ކުރަން ގޮވައިލައި އިދިކޮޅުން ސިލްސިލާކޮށް ކުރަމުން އަންނަ މުޒާހަރާގެ ތެރެއިން، ރޭގެ އެއްވުން ރޫޅައިލުމަށް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް، ޕެޕަރ ސްޕްރޭވެސް ޖަހައިފައެވެ.

Advertisement
Allied Insurance — Square (box)

މިކަމާއި ގުޅިގެން ޒައިދު ވިދާޅުވީ މަގުމަތި ހަލަބޮލިކުރުމަށްވުރެ ޙައްޖުމަހުގެ ފުރަތަމަ 10 ދުވަހު އަޅުކަމައިގެން މަޝްޣޫލުވުން މާހެޔޮ ކަމަށެވެ. އަދި މުޒާހަރާ ފަހުންވެސް ކުރެވިދާނެ ކަމަށާއި ނަމަވެސް ހެޔޮކަމުގެ މޫސުމެއް މަގުމަތި ހަލަބޮލި ކުރުމުގައި ފާއިތުކުރުމަކީ އަމިއްލަ ނަފްސަށް ދެވޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ޒައިދު ވިދާޅުވިއެވެ. “ބުއްދިވެރިން ގެއްލުންނުކުރާނެ” ޒައިދު ވިދާޅުވިއެވެ.

އަދި ޛުލްހިއްޖާ މަހުގެ ދިހަ ދުވަހަކީ މާތްކަމުން ފުރިގެންވާ ދުވަސްތަކެއް ކަމަށާއި ހެޔޮކަމެއް ނަމަ ބޭނުން ކަމެއް ކުރެއްވުން އެންމެ ރަނގަޅު ކަމަށް ޒައިދު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް